މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް 500 ލޯނު ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތުގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ލިބޭނެއެވެ.
މި ލޯނު ސްކީމްގެ ދަށުން ކޮންމެ ޤައުމަކަށް ކިޔަވަން ދެވޭނެ ނަމަވެސް، ފުރިހަމަ ޚަރަދު ދެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ ޤައުމުތަކަށެވެ. ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ޚާއްޞަ އިނާޔަތްތަކެއް ލިބޭނެކަމެވެ. އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި ހިލޭ ޑިގްރީގައި ކިޔަވާ ދަރިވަރުންނަށްވެސް އިތުރު ޚަރަދުތަކަށް ލޯނަށް އެދެވޭނެއެވެ.
ލޯނު ސްކީމްގެ 50 އިންސައްތަ ވަނީ ހައިލީ ޓެކްނިކަލް ދާއިރާތަކަށް ޚާއްޞަކުރެވިފައެވެ. މި ދާއިރާތަކަށް އެދޭ ފަރާތްތަކަށް އިތުރު 10 ޕޮއިންޓް ލިބޭނެއެވެ. މީގެއިތުރުން އިންޓަރންޝިޕް އަދި މެޑިކަލް ފެލޯޝިޕް ހެދުމަށްވެސް ފުރުޞަތު ދެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް، މި ލޯނުތަކަކީ "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހަދައި، އިންޓްރެސްޓް އަދި އެޑްމިނިސްޓްރޭޓިވް ފީއެއް ނުނެގުމަށް ވަނީ ނިންމާފައެވެ. ފާއިތުވި އަހަރުގެ ނިޔަލަށް މި ސްކީމްގެ ދަށުން 805 މިލިއަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރެވިފައިވާކަން ފާހަގަކުރެވެއެވެ.
މި ފުރުޞަތަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އެޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މަތީ ތަޢުލީމަށް 500 ލޯނު ފުރުޞަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ