ވޮލީބޯލް އެސޯސިއޭޝަން އަށް 43 މިލިއަން ރުފިޔާގެ ބަޖެޓެއް؛ ޔޫތަށް ފޯކަަސް ކުރާނެ ވޮލީބޯލް އެސޯސިއޭޝަން އަށް 43 މިލިއަން ރުފިޔާގެ ބަޖެޓެއް؛ ޔޫތަށް ފޯކަަސް ކުރާނެ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް މި އަހަރަށް 43 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
ވީއޭއެމް އިން އެ އެސޯސިއޭޝަނުން މި އަހަރަށް ލަފާކޮށް ކަނޑައަޅާފައިވަނީ 43،388،380.00 ރުފިޔާގެ ބަޖެޓެކެވެ. އަދި މި ބަޖެޓް ވަނީ މައިގަނޑު އަށް ދާއިރާއަކަށް ބަހާލައިފަ އެވެ.
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެންމެ ބޮޑު ހިންގާ ކޮމިޓީއެއްގެ ދަށުން ހިންގާ، ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ވަނީ ބަޖެޓްގެ އިތުރުން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް، އަހަރީ ހިސާބު އަދި މި އަހަރު ބާއްވާ މުބާރާތްތަކުގެ ކަލަންޑަރު ވެސް ފާސްކޮށްފަ އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވަނީ ވީއޭއެމް އިން މި އަހަރުގެ ފޯކަސް ޔޫތު ޑިވެލޮޕްމަންޓް އަށް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، ޔޫތު ޑިވެލޮޕްމަންޓް އަށް މަސައްކަތް ކުރާއިރު، އެކަމަށް ރާއްޖޭން ބޭރުގެ ކޯޗެއް މި މަހުގެ ތެރޭގައި އަންނާނެ ކަމަށް ލަތީބެ ވަނީ ވިދާޅުވެފަ އެވެ.
މި އަހަރަކީ ވެސް ވޮލީބޯޅަ ކަލަންޑަރަށް ބަލާއިރު، ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބާއްވަން ނިންމާފައިވާ އަހަރެކެވެ. އަދި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖޭގެ ވޮލީބޯޅަ ޓީމުތަކުން ބައިވެރިވުމަށް ވަނީ ނިންމާފަ އެވެ.
މި އަހަރު ރާއްޖޭގައި ޖުމްލަ 17 ވޮޮލީބޯޅަ މުބާރާތް ބާއްވަން ނިންމާފައިވާއިރު، ބީޗް ވޮލީބޯޅައިގެ ހަތަރު މުބާރާތެއް ބާއްވާނެ އެވެ. އަދި ބައިނަލްއަގްވާމީ ހަތަރު މުބާރާތް ރާއްޖޭގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ރާއްޖޭގެ ވޮލީބޯލް ސީޒަން ފަށާނީ މި މަހު ބާއްވާ އަންހެން އެސޯސިއޭޝަން ކަޕުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ