މިޔަންމާއަށް އައި ބިންހެލުމުގައި މަރުވި މީހުން 2،000 އަށް، މީހުން ސަލާމަތްކުރަން ހުރަސްތަކެއް މިޔަންމާއަށް އައި ބިންހެލުމުގައި މަރުވި މީހުން 2،000 އަށް، މީހުން ސަލާމަތްކުރަން ހުރަސްތަކެއް

މިޔަންމާއަށް މިދިޔަ ހުކުރު ދުވަހު 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 2،000 ހުރަސްކުރިއިރު، މީހުން ސަލާމަތްކުރަން ހުރަސްތަކެއް ދިމާވެއްޖެ އެވެ.
އަސްކަރީ ވެރިކަމެއް އޮންނަ މިޔަންމާ ސަރުކާރުން ބުނީ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،056 އަށް އަރާފައިވާ ކަމަށާއި ޒަހަމްވި މީހުންގެ އަދަދު 4،000 އާ ގާތްކޮށްފައިވާ ކަމަށެވެ.
ބިންހެލުމުގައި މީހުން ސަލާމަތް ކުރަން މަސައްކަތް ކުރާ މަސައްކަތްތެރިންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އެކަށީގެންވާ ވަސީލަތްތަކާއި ވޮލަންޓިއަރުން ނެތުމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ދަތިތައް ދިމާވަމުންދާ ކަމަށެވެ.
މިޔަންމާގައި މުއާސަލާތީ ކަންކަން ދަށްވުމުން ސީދާ މުޅި ގައުމަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލު އަދި މަރުވި މީހުންގެ ސީދާ އަދަދު ވެސް ނޭނގޭކަން ރެސްކިއު ޓީމުތަކުން ފާހަގަކުރެ އެވެ.
ބިންހެލުމުގެ ސަބަބުން މިހާތަނަށް 270 މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަންނަނީ ކުރަމުންނެވެ.
މިޔަންމާއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ، ރަޝިއާ، ޗައިނާ، ސިންގަޕޫރު އަދި މެލޭޝިއާ އިން ވަނީ ރެސްކިއު ޓީމުތަކުގެ އިތުރުން ބައެއް ވަސީލަތްތަކާއި އެހީތައް ވެސް ފޮނުވާފަ އެވެ.
މިޔަންމާއަށް 7.7 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމަށް ފަހު ދެވަނަ ހެލުމެއް 6.4 މެގްނިޓިއުޑްގައި އައިސްފައިވެ އެވެ.
ބިންހެލުމުގައި މިޔަންމާއާ އިންވެގެން އޮންނަ ތައިލެންޑަށް ވެސް އަސަރުކުރި އެވެ. އެ ގައުމުގައި އިމާރާތްތަކަށް ގެއްލުންވެ، 18 މީހަކު މަރުވި އެވެ.
މިޔަންމާގެ ބޯޑަރުގައި އޮންނަ ޗައިނާގެ ޔުނާން ޕްރޮވިންސަށް ވެސް ބިންހެލުމުގެ އަސަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޓީވީތަކުން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް އެއްވެސް ގެއްލުމެއް ލިބުނު ކަމެއް ރިޕޯޓު ކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ