އެމެރިކާއިން އެންމެފަހުން ޔޫކްރެއިންއާއެކު މައުދަނުގެ އެއްބަސްވުމެއްގައި ސޮއިކުރަނީ!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީއަށް އަމާޒުކުރަމުން ގެންދެވި ފާޑުކިޔުންތަކުގެ ރާގު ބަދަލުކުރައްވާ، ޔޫކްރޭނުގެ އަގުބޮޑު މައުދަނުތަކުން މަންފާ ހޯދުމާ ގުޅޭ އެއްބަސްވުމެއްގައި އެޤައުމާއެކު ސޮއިކުރުމަށް ތައްޔާރުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ޓްރަމްޕް އެންމެފަހުން ވިދާޅުވެފައިވަނީ، ޔުކްރެއިނާއެކު، ކަިއރި މުސްތަޤްބަލެއްގައި އެއްބަސްވުންތަކުގައި ސޮއިކުރެވޭނޭކަމަށެވެ. އެމެރިކާގެ ރިޔާސީ މަޤާމަށް ދެވަނަ ފަހަރަށް ހޮވިވަޑައިގަތުމަށްފަހު، ޓްރަމްޕް ދިޔައީ ޒެލެންސްކީއަށް ތަކުރާރުކޮށް ފާޑުކިޔުންތައް އަމާޒުކުރައްވަމުންނެވެ. އެގޮތުން، ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ފެށުނީ ސީދާ ޒެލެންސްކީގެ ސަބަބުން ކަމަށާއި، އެ ހަނގުރާމައިގައި މަރުވެފައިވާ ޔޫކްރޭނު ރައްޔިތުންގެ ޒިންމާ ޒެލެންސްކީ އުފުލަންޖެހޭނެ ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ
ނަމަވެސް، އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާއެކު ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމަކަށްފަހު، ނޫސްވެރިންނާ މުޚާޠަބުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ރަޝިޔާއާއެކު ހަނގުރާމަ ފެށުމުގެ ޒިންމާ ޒެލެންސްކީ އުފުލަންޖެހޭ ކަމަކަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި، އަންނަ ހަފުތާގެ ތެރޭގައި ޔޫކްރޭނާއެކު އެޤައުމުގެ މައުދަނުތަކުން ނަފާ ހޯދުމާް ގުޅޭ އެއްބަސްވުމެްވުމެއްގައި ސޮއިކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
Advertisement
މި އެއްބަސްވުމުގައި ސޮއިކުރުމަށް ކުރިން ހަމަޖެހިފައިވަނީ، މިދިޔަ ފެބްރުއަރީ މަހު ޒެލެންސްކީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ. ނަމަވެސް، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ޓްރަމްޕާއި ޒެލެންސްކީ ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުން ދެ ރައީސުންގެ މެދުގައި ހޫނު ބަހުސަކަށް ބަދަލުވެ، ބައްދަލުވުން ކުރުކޮށްލެވުނެވެ.
ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވުނު ބައްދަލުވުން ހޫނުވީ، ރަޝިޔާގެ ރައީސް ވްލެޑިމިރ ޕޫޓިންއާއެކު މަޝްވަރާކުރުމަށް އިސްކަންދީ، ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ޒެލެންސްކީއަށް ބާރުއެޅުއްވުމުންނެވެ. މިކަމާ ގުޅިގެން ދެ ރައީސުންގެ މެދުގައި ހަރުކަށި ބަސްތަކެއް ވެސް ބަދަލުކުރެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ