އެއް ބުރުން ރިޔާސީ އިންތިހާބު ނިންމައި ވެރިއަކު ހޮވާގޮތަށް ބަދަލުގެނައުމުގައި މަސައްކަތްކުރައްވަނީ ޕްރެފެރެންޝަލް ވޯޓިން ނިޒާމެއްގެ ދަށުން އެކަން ކުރައްވަން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވެރިއަކު ހޮވުމަށް މިހާރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ބުރު އުވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ޕްރިފެރެންޝަލް ވޯޓިން ނިޒާމެއްގެ ދަށުން އެއް ބުރުން އިންތިހާބު ނިންމުމާ މެދު، އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް މި އަހަރު ނެގުމަށް މިހާރު ސަރުކާރުން އަންނަނީ ތައްޔާރުވަމުން ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެއްބާރުލުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް ވެސް ވެއެވެ. ސަރުކާރުގެ އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ކެމްޕެއިނެއް ވެސް ފަށާފަ އެވެ.
ބުނީ ކީކޭ؟ - ޕްރިފެރެންޝަލް ވޯޓިން ނިޒާމެއްގެ ދަށުން ވެރިއަކު ހޮވުމަށް ތާއީދުކުރައްވާކަން ރައީސް ހާމަކުރެއްވީ އާންމުންނަށް ވަދެވޭގޮތަށް ހުޅުވާފައިވާ އެމަނިކުފާނުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގަ އެވެ.
"އަޅުގަނޑު ވަކާލާތު މިއަންނަ ވޯޓިން ނިޒާމަކީ ފްރިފެެެންޝަލް ވޯޓިންގެ ނިޒާމު،" ވަރަށް ކުރުކޮށް އެ ގުރޫޕަށް ފޮނުވާފައިވާ މެސެޖުގައި ވެއެވެ.
ޕްރެފެރެންޝަލް ވޯޓިން ސިސްޓަމަކީ ޑިމޮކްރެޓިކް ގިނަ ގައުމުތަކެއްގައި މިހާރު ވެސް އަމަލުކުރަމުންދާ ނިޒާމެކެވެ.
ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓުކޮށްގެން؛ އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށް
50%އަށް ވުރެ ގިނަ މީހުން އެއް ކެންޑިޑޭޓަކަށް "އެކެއް"ގެ ރޭންކިންގައި ވޯޓު ދީފި ނަމަ، އެ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެ
50% މީހުން "އެކެއް" ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ ދެން ބަލާނީ "ދޭއް" ރޭޓިންއަށް؛ "ދޭއް ރޭޓިން ގުނަން ފަށާނީ "އެކެއް" ރޭޓިން މަދުން ލިބުނު ކެންޑިޑޭޓު ނުވަތަ އޭގެ ތެރެއިން ވަކި އަދަދެއްގެ ކެންޑިޑޭޓު ނުލާ
"ދޭއް" ރޭޓިންއަށް ފަހު ވެސް %50 ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން މި ފާހަގަ ކުރި އުސޫލުން ކުރިއަށް ދާނެ
ފާހަގަކޮށްލެވޭ ކަމެއް - ޕްރިފެރެންޝަލް ވޯޓިން ނިޒާމެއްގެ ދަށުންނަމަ އެއްބުރުން ވެރިއަކު ހޮވާގޮތަށް ރިޔާސީ އިންތިހާބު މިހާރު ރާއްޖޭގައި ބާއްވަމުން އަންނަ ގޮތް ބަދަލުކުރަން ތާއީދުކުރައްވާ ކަން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ ހާމަކުރައްވާފަ އެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެގޮތަށް ބަދަލުކުރަން ދެކޮޅުކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިންތިހާބީ އިސްލާހެއް ގެނައުމުގެ ބަހާނާގައި ސަރުކާރުން އުޅެނީ ރައްޔިތުންގެ އަޑު ހަނިކުރަން ކަމަށެވެ.
ވަކާލާތު މިކުރަނީ ޕްރެފެރެންޝަލް ނިޒާމަކުން ވެރިއަކު ހޮވަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ