އިނގިރޭސިވިލާތުގެ 'ޓެލެގްްރާފް' ނޫހުން ހޮވާ އެންމެ މަގުބޫލު މަންޒިލުތަކުގެ ލިސްޓުގެ 8 ވަނައަށް ރާއްޖެ ވެއްޓިއްޖެ އެވެ.
ވީ ކިހިނެއް؟ - 1998 ވަނަ އަހަރުން ފެށިގެން އެ ނޫހުން ކުރިއަށް ގެންދާ 'ޓެލެގްރާފް ޓްރެވަލް އެވޯޑްސް'ގެ މި އަހަރުގެ އެވޯޑަށް 20،000 ކިޔުންތެރިން ވަނީ ވޯޓު ދީފަ އެވެ.
ތަފްސީލް - އެންމެ ފަހުން ޓެލެގްރާފް ޓްރެވަލް އެވޯޑްސް ދިނީ 2023 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖެ އޮތީ ލިސްޓުގެ 3 ވަނައިގަ އެވެ.
އެ އެވޯޑު ދޭން ފެށި ފަހުން ލިސްޓުގެ 2 ނޫނީ 3 ވަނައިގައި ހިފަހައްޓާ ރާއްޖެއިން ލިސްޓުގެ 8 ވަނައަށް ވެއްޓުމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ހުންނާނެކަން ޓެލެގްރާފު ނޫހުން ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖެ އަކީ މަތީ ފަންތީގެ މީހުންނަށް ހާއްސަ މަންޒިލަކަށް ވާއިރު، ދުނިޔޭގެ އިގްތިސޯދަށް އަންނަމުންދާ ބަދަލުތަކާ އެކު ދިރިއުޅުމުގެ އަގުތައް އުފުލުމުގެ ސަބަބުން ރާއްޖެ ފަދަ އެހެން މަންޒިލުތަކަށް ފަތުރުވެރިންގެ ޝައުގު އެނބުރުމަކީ ވެދާނެ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
އޭގެ ތެރޭގައި ދުބާއީ، ތައިލެންޑު އަދި ސައުދި އަރަބިއްޔާ ހިމެނޭ
މި ގައުމުތަކުގައި ފަތުރުވެރިންނަށް ލިބެން ހުންނަ 'ސީފްރަންޓް' އެކޮމޮޑޭޝަންތަކުން ވެސް ރަނގަޅު ފެންވަރެއްގެ ހިދުމަތްތަކެއް ލިބޭ
ޓެލެގްރާފުގެ ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށް މި އަހަރު އޮތީ ނިއުޒިލެންޑެވެ. އެންމެ ފަހުން އެ ގައުމު އޮތީ ލިސްޓުގެ ދެ ވަނައިގަ އެވެ.
ދެން އެ ލިސްޓުގައި ހިމެނެނީ:
ޖަޕާން (2023 ވަނަ އަހަރުގެ 4 ވަނަ)
އިންޑިއާ (2023 ވަނަ އަހަރުގެ 8 ވަނަ)
ދެކުނު އެފްރިކާ (2023 ވަނަ އަހަރުގެ 1 ވަނަ)
ގްރީސް (2023 ވަނަ އަހަރުގެ 11 ވަނަ)
އޮސްޓްރޭލިއާ (2023 ވަނަ އަހަރުގެ 5 ވަނަ)
ޕެރޫ (2023 ވަނަ އަހަރުގެ 25 ވަނަ)
ރާއްޖެ (2023 ވަނަ އަހަރުގެ 3 ވަނަ)
ކޮސްޓަރިކާ (2023 ވަނަ އަހަރުގެ 9 ވަނަ)
ބޮޓްސްވަނާ (2023 ވަނަ އަހަރުގެ 10 ވަނަ)
ފާހަގަ ކުރެވޭ - އިނގިރޭސިވިލާތަކީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. މި އަހަރު ތެރޭ އެ ގައުމުން 111،681 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
ޓެލެގްރާފް ޓްރެވަލް އެވޯޑްސް: ރާއްޖެ 8 ވަނައަށް ވެއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ