ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނިއްޖެ
ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދު، 75، ގދ. ގައްދޫ ކައިން ދަތުރުކުރި ޑިންގީ މިއަދު ހެނދުނު ފެނިއްޖެ އެވެ.އެމްއެންޑީއެފުން މިއަދި ބުނީ 79 އަހަރުގެ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ދެވަނަ ޑައިވެއް ކުރި ކަމަށާއި އެ ޑައިވްގައި ގައްދުއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ޑިންގީ ފެނިފައިވާ ކަމަށެވެ.ނަމަވެސް ޒަކަރިއްޔާ ފެނިފައެއް ނުވެ އެވެ.އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައި ސޯޓެކެވެ.ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ