ދުނިޔޭގެ އައިވީއެފް ދުވަހާ ގުޅުވައި ޓްރީ ޓޮޕުން ހިލޭ ކޮންސަލްޓޭޝަން ދެނީ ދުނިޔޭގެ އައިވީއެފް ދުވަހާ ގުޅުވައި ޓްރީ ޓޮޕުން ހިލޭ ކޮންސަލްޓޭޝަން ދެނީ

ޖުލައި 25، ގައި ފާހަގަކުރާ ދުނިޔޭގެ އައިވީއެފް ދުވަހާ ގުޅުވައިގެން ދަރިމައިވުމުގެ ފަރުވާގެ (ފާޓިލިޓީ ސްޕެޝަލިސްޓް) ޑޮކްޓަރުންނަށް ހިލޭ ދެއްކޭ ހާއްސަ ޕްރޮގްރާމަށް ރެޖިސްޓްރީ ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އިއްޔެ ހުޅުވާލައިފި އެވެ.
2023 ވަނަ އަހަރު ފާޓިލިޓީ ސެންޓަރެއް ހުޅުވި ޓްރީ ޓޮޕުން ބުނީ އެ ޕްރޮގްރާމުގެ ދަށުން 75 މީހަކަށް ހޮސްޕިޓަލުން ހިލޭ ކޮންސަލްޓޭޝަން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން ޕްރޮގްރާމުގައި ރަޖިސްޓްރީކުރާ މީހުން ބަލާނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކްގައި މަސައްކަތްކުރާ ތަޖުރިބާކާރު ތިން ކޮންސަލްޓަންޓުން ކަމަށްވާ ޑރ. ޒާކިޔާ އަހްމަދު، ޑރ. ވަރްޝާ ރެންގަރާޖް އަދި ޑރ. އަނީތާ ގޯރް އެވެ.
"މި ފަރުވާއާ ބެހޭ މައުލޫމާތާއި، މިހާރުގެ ހާލަތަށް ބަލައި އިތުރު އެއްވެސް ހަރަދެއް ނުކޮށް ޑޮކްޓަރުންގެ ލަފާ ހޯދޭނެ. މި ތިން ޑޮކްޓަރުންނަކީވެސް އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ދާއިރާއިން ދިވެހިންގެ އިތުބާރު ހޯދައިފައިވާ ކޮންސަލްޓަންޓުން،" ޓްރީ ޓޮޕުން ބުންޏެވެ.
ޓްރީ ޓޮޕުން އައިވީއެފް އަދި އައިޔޫއައި ހިދުމަތް ދޭން ފެށުމަށްފަހު، މިހާތަނަށް 13 މީހެއްގެ ފަރުވާ ކާމިޔާބުވެ ދަރިން ލިބިފައިވާއިރު، އޭގެ ތެރޭގައި ދެ މީހަކަށް އެއްމާބަނޑު ދެ ކުދިން ލިބިފައި ވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވިމެން އެންޑް ޗައިލްޑް ސެންޓަރުން ދަރިމައިވުމުގެ ފަރުވާގެ އިތުރުން، މާބަނޑު މީހުންގެ ފަރުވާ އަދި ކުޑަކުދިންގެ ހާއްސަ ފަރުވާވެސް ލިބެ އެވެ.
ރާއްޖޭގައި މި ފަރުވާ ލިބެން ހުރުމުން، ބޭރަށް ދަތުރުކުރުމުގެ ހަރަދު ސަލާމަތްވެ، އާއިލާ އަދި ގާތްތިމާގެ މީހުންގެ ގާތުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެންދާކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ