ހުރިހާ އުމުރުފުރައަކަށް ބެލިނަމަވެސް ފިރިހެނުންނަށް ކުރާ އަނިޔާ އިތުރުވަމުން އަންނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރިޕޯޓުން ހާމަވެއްޖެއެވެ.
އެޗްއާރުސީއެމުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ވަޑައިގެން 2023 އަދި 2024 ވަނަ އަހަރުގެ އެންޓި-ޓޯޗަރ ރިޕޯޓުތަކާ ގުޅޭގޮތުން ތައްޔާރުކުރި މައުލޫމާތުތައް ހިއްސާކޮށްފައެވެ. އެޗްއާރުސީއެމުން ހުށަހެޅި ރިޕޯޓަށް ބަލާއިރު، އަހަރުން އަހަރަށް އަނިޔާ ލިބޭ ފިރިހެނުންގެ އަދަދު ހުރިހާ އުމުރު ފުރައަކުންވެސް ވަނީ ވަރަށްބޮޑުތަން ވަނީ އިތުރުވެފައެވެ.
އެޗްއާރުސީއެމްގެ ރިޕޯޓަށް ބަލާއިރު 2023 ވަނަ އަހަރު އެ އިދާރާއަށް ހުށަހެޅި މައްސަލަތަކަށް ބަލާއިރު، 18 އަހަރުން ދަށުގެ އަންހެންކުއްޖަކަށް އަނިޔާކުރިކަމުގެ މައްސަލަ ހުށަހެޅިއިރު ފިރިހެންކުދިންގެ އަދަދަކީ 16 އެވެ. އަދި މިދިޔަ އަހަރު 10 އަންހެން ކުއްޖަކަށް އަނިޔާކުރި މައްސަލަ ހުށަހެޅިއިރު، އަނިޔާލިބިގެން 20 ފިރިހެންކުއްޖެއްގެ މައްސަލަ ވަނީ ހުށަހަޅާފައެވެ.
އަނިޔާލިބޭ މީހުންގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި އެންމެގިނައިން އަނިޔާލިބޭކަމުގެ ރިޕޯޓްކުރަނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ ފިރިހެނުންނަށެވެ. އެގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި އަނިޔާލިބިގެން 118 ފިރިހެނެްގެ މައްސަލަ ރިޕޯޓްކުރިއިރު، އެ މުއްދަތުގެ ތެރޭގައި އަނިޔާ ލިބުނު އަންހެނުންގެ އަދަދު އުޅެނީ 113 ގައެވެ.
އެޗްއާރުސީއެމުން ނެރެފައިވާ މިދިޔަ އަހަރުގެ ރިޕޯޓަށް ބަލާއިރު، ހައްގުތައް ގެއްލިގެން އެންމެގިނައިން ރިޕޯޓްކޮށްފައިވަނީވެސް ފިރިހެނުންނެވެ. އެގޮތުން ހައްގުތައް ގެއްލިގެން 40 ރިޕޯޓް ލިބުނުއިރު، އޭގެ ތެރޭގައި ހައްގުތައް ގެއްލުނު ފިރިހެނުންގެ އަދަދު އުޅެނީ 625 ގައެވެ. އަދި ހައްގުތައް ގެއްލުނު އަންހެނުންގެ އަދަދަކީ 158 އެވެ.
ހައްގު ގެއްލިގެން އެޗްއާރުސީއެމަށް ލިބުނު ރިޕޯޓްތަކުގެ ތެރެއިން އެންމެގިނައިން ހުށަހަޅާފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބައެއް ހައުސިން މަޝްރޫޢޫތަކާ ގުޅޭ މަްސަލަތަކެވެ.
ހުރިހާ އުމުރުފުރައަކަށް ބެލިނަމަވެސް ފިރިހެނުންނަށް ކުރާ އަނިޔާ އިތުރު: އެޗްއާރުސީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ