ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު)ގެ ކޯޗިން ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ޑީއެމްއާރުއާރުގެ 16 ވަނަ އެޑިޝަން ބާއްވަނީ އަންނަ 24 އޮކްޓޯބަރުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
ކޯޗިން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހު 26ގެ ކުރިން [email protected]އަށް އީމެއިލް ފޮނުވައިގެން ކުރިމަތިލެވޭނެ އެވެ.
ތަފްސީލް - 2018 ވަނަ އަހަރުން ފެށިގެން ދިރާގުން އަންނަނީ ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން މިހާރަށް ވުރެ ފަސޭހަކޮށް، އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން ޑީއެމްއާރުއާރުގެ ކޯޗިން ޕާޓްނަރުން ހޮވަމުންނެވެ.
ޑީއެމްއާރުއާރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
މީގެ އިތުރުން، މިއީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.
ފާއިތުވެގެންދިޔަ އަހަރުތަކުގެ ތެރޭގައި ޑީއެމްއާރުއާރު ވަނީ ރާއްޖޭގެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެންމެ ބޮޑު ދުވުމުގެ ހަރަކާތަށް ވެފަ އެވެ. ދިރާގުގެ އަމާޒަކީ ކޯޗިން ޕާޓްނަރުންގެ އެހީއާ އެކު މި ދުވުމަށް ގިނަ ބަޔަކު ފުރިހަމަ ގޮތުގައި ތައްޔާރުވެ، މި އިވެންޓުގެ ރޫހު އިތުރަށް ވަރުގަދަވެގެން ދިއުން ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ރޯޑް ރޭސްގެ ކޯޗިން ބައިވެރިންނަށް ވާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ