ކުރީގެ ނައިބުރައީސް އަޙުމަދު އަދީބަށް ފިއްލެވުމުގެ ފުރުޞަތު ލިބިވަޑައި ނުގަންނަވާނޭ ގޮތަށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވިދާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އދ. ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ޑރ. ޝަހީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އަދީބް ފިއްލަވަން ބޭނުންފުޅުވެވަޑައިގަތަސް ނުފިއްލެވޭނެ ގޮތަށް އެމަނިކުފާނު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވިދާނެ ކަމަށެވެ. މިހެން ވިދާޅުވެ، ޑރ. ޝަހީދު ވަނީ (އެކުވެރި ޤައުމުތަކުގެ) މިލިޓަރީ ހޮސްޕިޓަލްތަކާއި، އެކި ޤައުމުތަކާއިއެކު ވެފައިވާ އެއްބަސްވުންތައް ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
Adeeb filan beynunvias nufileygothah beyrah beyhah fonuvidhaane! Kobaa Military Hospital thah? Kobaa bilateral agreemnt option? @MDVForeign
މީގެ އިތުރުން، މީހަކު ކަނޑުވަމުންދާތަން ބަލަން އެއްވެސް ދިވެެއްސަކު ހުރެދާނެތޯ ޑރ. ޝަހީދު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އަދީބަށް ބޭސް ފަރުވާ ކުރުމުގެ ފުރުސަތު ދޭން ޖެހޭނީ، އިންސާނިއްޔަތަށްޓަކައި ކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
Meehaku kanduve maruvaathan balan eheenuve Dhivessaku huredhaanethoa? Adeeb ah beyskohdheyn jehenee insaaniyaathah takai! https://t.co/GTZ4FzlRpB
ޑރ. ޝަހީދު ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވީ، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލާއި ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއެއް ހޯދުމަށް ރާއްޖެއިން ކެމްޕެއިން ފަށާފައިވާ ނަމަވެސް އެކަން ކާމިޔާބު ކުރެވޭނެ އެއްވެސް މަގެއް ރާއްޖެއަށް ނެތްކަމަށެވެ. އަދި އެކަމަށް ބޭކާރު ޚަރަދުތައް ކުރުމުގެ ބޭނުމެއް ނެތްކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމައަށް ވެސް ޓެގްކުރައްވާ ޑރ. ޝަހީދު ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ބޭކާރު ޚަރަދުކުރުމުގެ ފުރުސަތު ރައްޔިތުން މި ސަރުކާރަށް ނުދޭނެކަމަށެވެ.
Human Rights Council adhi Security Council ves Raajje akah kaamiyaab kureveyny mageh neiy! Beykaaru kharadhu nukurun buhdhiveri @ASIM_MDV https://t.co/nBP5Pe2QXT
ރާއްޖެއަަށް ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ކާމިޔާބު ނުވާނެ އެއް ސަބަބެއްކަމަށް ޑރ. ޝަހީދު ވިދާޅުވީ، މަޝްހޫރު ބްލޮގަރ އަދި އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކަމުންއައި ލިޔުންތެރިޔާ ޔާމީން ރަޝީދު އަނިޔާވެރިގޮތަކަށް މަރާލާފައި ވުމެއެވެ. އަދި އޭނާގެ އާއިލާއަށް އިންސަފު ހޯދައިދެވިފައި ނުވުމެވެ. ޑރ. ޝަހީދު ވިދާޅުވީ، ޔާމީން މަރާލުމުން އެ ގޮނޑި ރާއްޖެއަށް ލިބުމުގެ ފުރުސަތު މުޅިން ބަންދުވީ ކަމަށެވެ.
Yamyn Rasheed maraalumaa ekee Raajje ah Human Rights Council in mi aharu godi eh libumuge furusath mulhin bandhuvee! @ASIM_MDV @Aniya_A
އދ. ގެ ހިއުމަން ރައިޓްސްކައުންސިލްގެ މި ގޮނޑިއަށް ރާއްޖެއާއި އެކު ދެން ވާދަކުރަނީ، އަފްގާނިސްތާން، ނޭޕާލް، ޕާކިސްތާން، އަދި ގަތަރުންނެވެ. މި ގައުމުތަކާއެކު ރާއްޖެ ވާދަކުރާއިރު، ހޮވޭނީ އެންމެ ގިނަ ވޯޓް ލިބޭ ގައުމެކެވެ. އދ. ހިއުމަން ރައިޓްސްގެ ގޮނޑިއެއް ރާއްޖެއިން އެންމެފަހުން ކާމިޔާބުކޮށްފައިވަނީ 2010 އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރު ވާދަކޮށްގެން އެންމެ ގިނަ ވޯޓް ހޯދީ ރާއްޖެއިންނެވެ.
އަދީބަށް ނުފިލޭގޮތަށް ބޭހަށް ބޭރަށް ފޮނުވިދާނެ: ޑރ ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ