އަލުން ވޯޓު ގުނި އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ތިނަދޫ ދެކުނު ދާއިރާގެ ނަތީޖާ ބަދަލެއް ނުވިއެވެ.
އަބްދުﷲ ސަނީފާއި ޒިފްލީނާ ހަސަނަށް ލިބުނު ވޯޓުގެ ފަރަގު ކުޑަވުމުން ތިނަދޫ ދެކުނު ދާއިރާގެ ވޯޓު ފޮށިތައް މިއަދު ވަނީ އަލުން ގުނައިފައެވެ. ނަތީޖާ ބަދަލު ނުވެ، އެމްޑީޕީ ޓިކެޓު ލިބިވަޑައިގެންނެވީ އަބްދުﷲ ސަނީފަށެވެ.
ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓް ކަށަވަރުކުރެއްވި ސަނީފަށް ލިބިވަޑައިގެންނެވީ 389 ވޯޓެވެ. އަދި ޒިފްލީނާއަށް ލިބިވަޑައިގެންނެވީ 387 ވޯޓެވެ. ބާތިލްވެފައިވަނީ ނުވަ ވޯޓެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ އިންތިހާބުގެ ވޯޓުލުން 77 ދާއިރާއެއްގައި ކުރިއަށްދިޔައެވެ. ދިހަ ދާއިރާއަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުން އެ ދާއިރާތަކަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް އިންތިހާބަކާ ނުލައި ޓިކެޓު ލިބުނު އިރު، 87 ދާއިރާގެ ތެރެއިން ކުރިމަތިލާފައި ނުވަނީ ހަމައެކަނި ފ. ނިލަންދޫ ދާއިރާއަށެވެ.
އެމްޑީޕީ މަޖިލިސް ޕްރައިމަރީ: އަލުން ވޯޓު ގުނި ތިނަދޫ ދެކުނު ދާއިރާގެ ނަތީޖާ ބަދަލެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ