މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދަށް އަދި ތ. އަތޮޅުން އައްޑޫ ސިޓީއާ ދެމެދަށެވެ.
އެގޮތުން ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދަށް މިއަދު މެންދުރުފަހު 14:15 އިން 18:30 އަށް ވައިޓް އެލާޓް ނެރެފަވާއިރު، އެސަރަހަށްދަށް ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެ އެވެ. ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް ވެސް މެޓުން ބުނެ އެވެ. ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ފަސް ފޫޓުގައި ކަމަށާއި އަދި އެހެން ހިސާބުތަކުގައި ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދަށް ރާޅުގެ އުސްމިން ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފަ އެެވެ.
ތ. އަތޮޅުން އައްޑޫ ސިޓީއާ ދެމެދަށް މިއަދުގެ 15:30 އިން 18:00އަށް ވައިޓް އެލާޓް ނެރެފައިވާއިރު މި ސަރަހަށްދަށް ވައިޓް އެލާޓް ނެރެފައިވަނީ ބައެއް ރަށްރަށައް އުދަ އަރާނެކަމަށް ލަފާކޮށެވެ.
މެޓުން ވަނީ މިކަމަށް ސަމާލުވުމަށް އެދިފައެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ