ދިވެހިރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމުގައި ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.މިރޭ ކުރެއްވި ޓުވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރުކަމަށެވެ. އަދި 2007 ވަނަ އަހަރު ރާއްހޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެންކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.2007 ވަނަ އަހަރު މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދިޔައިރު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ކޮބައިތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ރައްޔިތުންގެ މެދުގައި ނެގުނެވެ. އެ ވޯޓުގައި ރައީސް މައުމޫން ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަށެވެ. އަދި މިހާރު ވެރިކަން ކުރާ އެމްޑީޕީ އިން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަށެވެ.ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ މިއަދު މަޖިލީހަށް ހުށަހަޅުއްވާފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ