ބޭރުގެ ދެ މަސްބޯޓު ހިފަހައްޓައި ބެލިއިރު، ގަވައިދާ ޚިލާފު އެއްޗެއް ނުފެނޭ: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ބޭރުގެ ދެ މަސް ބޯޓު ބެލިއިރު، ގާނޫނާ ގަވައިދާ ޚިލާފު އެއްޗެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެ އުޅަނދުތައް އެމްއެންޑީއެފުން ބަލައި ފާސްކުރީ، ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް ނުވަ ނޯޓިކަލް މޭލު ބޭރުން، އިރު ހުޅަނގަށް އެ ބޯޓުތައް ދަތުރުކުރަމުން ދަނިކޮށް، އެ ސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު އުޅަނދަކުން ރިޕޯޓު ކުރުމުންނެވެ. އެ ރިޕޯޓް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން އެ ސަރަހައްދަށް ގޮސް، އެ އުޅަނދުތައް ހުއްޓުވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ކޯސްޓްގާޑާއި ފުލުހުން އެ އުޅަނދުތައް ބަލައި ފާސްކުރިއިރު، ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް އެއްޗެއް އެ އުޅަނދުތަކުން ފެނިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނީ، މި ކަނޑުއޮޅިއަކީ ބައިނަލްއަގްވާމީ ގޮތުން ކަނޑު ދަތުރުފަތުރުކުރުމުގައި އާންމުކޮށް ރާއްޖޭގެ ސަރަޙައްދު ހުރަސްކުރުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ. ނަމަވެސް، އެއީ ކޮން ގައުމެއްގެ އުޅަނދުތަކެއް ކަމާއި އެ އުޅަނދުތަކަށް ހެދި ގޮތެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. https://sun.mv/217488 ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޭތެރެއަކުން ބޭރުގެ މަސްބޯޓުތައް އަތުލައިގަނެވެ. އެންމެ ފަހުން ރާއްޖޭގެ ސަރަހައްދުން މަސްބޯޓުތަކެއް އަތުލައިގަތްކަން ހާމަކުރީ، މިދިޔަ ފެބްރުއަރީ މަހުގެ ދޭއްގައެވެ. އޭރު އަތުލައިގަތީ، ލަންކާގެ މަސްބޯޓުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ