މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް އިފްތިތާހުކޮށްފި

މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، މި ބްލޫ ޕްރިންޓް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް ފެމެލީ އެންޑް ވެލްފެއާ ގީލާ އަލީއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނު ސަރުކާރުގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު އެކުލަވާލެވުނު މި ބްލޫޕްރިންޓަކީ، ދިވެހި ސަރުކާރުގެ "މޯލްޑިވްސް 2.0: ޑިޖިޓަލް ފަސްޓް ނޭޝަން" ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ.
މި ބްލޫޕްރިންޓްގައި ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ގެންގުޅޭނެ ޤައުމީ ތަޞައްވުރާއި މިޞްރާބު ވަނީ ހިމަނާފައެވެ. މީގެ އިތުރުން، ރައްޔިތުންނަށް އިސްކަންދޭ، ރައްކާތެރި ޑިޖިޓަލް ސިއްޙީ ނިޒާމެއް ބިނާކުރުމަށް ބޭނުންވާ ހިންގުމުގެ އޮނިގަނޑުތަކާއި، މިންގަނޑުތަކާއި، ޑިޖިޓަލް ޤާބިލުކަން އިތުރުކުރުމުގެ އިތުރުން އަސާސީ އިންވެސްޓްމަންޓްތަކުގެ ތަފްޞީލުތައްވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ