ބޮޑު ބަދަލަކަށް މިސްރާބު ޖެހުމަކީ ދިވެހިނަށް ކޮންމެހެން ބޭނުންތެރި ކަމެއް: ނަޝީދު
ދިވެހިރާއްޖެ އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބު ޖެހުމަކީ ދިވެހިންގެ ތަނަވަސްކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ނަޝީދު މިއަދު ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނުއަސާސީގެ އަމާޒަކަށްވީ ތިން ބާރު ވަކިކުރުން ކަމަށާއި ނަމަވެސް އެކަން ހާސިލު ނުވި ކަމަށެވެ."ރައީސްގެ އިންތިހާބާއެކު ރައީސްގެ ޕާޓީއަށް މަޖިލިސްގެ ބޮޑު އަގުލަބިއްޔަތު "ގަނެވޭ"، އެއާއެކު ހުރިހާ ބާރެއް ރައީސްގެ ދަށަށް ގެންދެވޭ. ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތެއް ނޯވޭ،" ނަޝީދު ވިދާޅުވި އެވެ.އެހެންވެ ރާއްޖެއަށް އަނެއްކާވެސް ބަދަލުތަކެއް ބޭނުންވާ ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި އެވެ. ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހުށަހެޅުއްވި ބޮޑު ބަދަލުގައި މައިގަނޑު ގޮތެއްގައި ހިމެނޭ ކަމަކީ ދައުލަތުގެ ހިންގުމާއި ސަރުކާރުގެ ހިންގުން ވަކިކުރުމެވެ. އެ ގޮތުން ހިމެނޭ ކަންކަމަކީ:ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔަކު ކަނޑައެޅުން؛ އެއީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުންސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހަކަށް ހެދުން ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުންދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަގުލަބިއްޔަތުން އައްޔަންކުރާ މީހެއް ކަމަށް ކަނޑައެޅުން؛ އެކަމަކު ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭ ގޮތަށްއޭގައި ދެން ފާހަގަކޮށްލެވޭ އިތުރު ކަންކަމަކީ:މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ހިމެނޭ ގޮތަށް އެކުލަވާލާ ބޮޑު މަޖިލީހަކުން ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު ދިނުންސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަން ހަމަޖެއްސުންމަޖިލީހަށް މެންބަރުން އިންތިހާބުކުުރެވޭ ދާއިރާތައް ބޮޑުކުރުމުގެ ގޮތުން، ކޮންމެ އަތޮޅަކުން މުޅި އަތޮޅުގެ މީހުން ވޯޓު ލައިގެން ވަކި އަދަދަކަށް މެންބަރުން އިންތިހާބުކުރާ ގޮތަށް ނިޒާމު ބަދަލުކުރުން؛ ބައެއް ގޮނޑިތައް އަންހެނުންނަށް ހާއްސަކުރާ ގޮތަށްމިނިވަން މުއައްސަސާތައް ބަލަހައްޓަން އޯވަސައިޓް ކޮމިޝަނެއް އުފެއްދުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ