"ކްރިއޭޓޯލް" ރާއްޖޭގެ އެންމެ ބޮޑު ޑިޖިޓަލް ކޮންޓެންޓް މާކެޓްޕްލޭސްއަށް ހަދަނީ

"ކްރިއޭޓޯލްގެ ތަޞައްވުރަކީ ދިވެހި ފަންނުވެރިކަމަށް ޚާއްޞަ މަރުކަޒެއް ގާއިމުކޮށް، ދިވެހިންގެ ވާހަކަތައް ބައިނަލްއަޤްވާމީ މައިދާނަށް ފޯރުކޮށްދިނުން" މި މަޝްރޫޢާ ގުޅޭގޮތުން ވީއެމްސީގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވިއެވެ.
ކްރިއޭޓޯލް ޕްލެޓްފޯމް މެނޭޖްކޮށް ތަރައްޤީކުރުމުގެ މަސައްކަތް ވީ.އެމް.ސީއިން ކުރިއަށްގެންދާއިރު، މީގެ ތެރޭގައި ކޮންޓެންޓްތައް ތަރުތީބުކުރުމާއި، ލައިސަންސް ދޫކުރުމުގެ މަރުހަލާތައް ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ޕީއެސްއެމްގެ މީޑިއާ ޗެނަލްތައް މެދުވެރިކޮށް މި ޕްލެޓްފޯމް އިޝްތިހާރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކްރިއޭޓޯލްގެ ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކުރުން އޮންނާނީ އަންނަ ޖޫން 29 ވާ ހޯމަ ދުވަހު ޓެލެވިޜަން މޯލްޑިވްސްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، އޮނަރަބަލް މުޙައްމަދު އަމީން އެވެ. މިއީ އަންނާން އޮތް ޖީލުތަކަށް ދިވެހި ތާރީޚާއި ތަރިކަ ރައްކާތެރިކޮށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ