ފީފާ ވޯލްޑްކަޕް 2026 ގްރޫޕް އެޗް: އުރުގުއޭ - ސްޕެއިން / ކޭޕް ވާޑް - ސައުދި އަރަބިއްޔާ

ފީފާ ވޯލްޑްކަޕްގެ ގްރުޕް އެޗްގައި މިރޭ އުރުގުއޭ އާއި ސްޕެއިން ބައްދަލުކުރާއިރު މި ތަނުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއްވަނަ މަގާމް ލިބޭނެ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރުގެ ގޮތުގައި ބެލެވޭ ސްޕެއިން އާއި ދެކޮޅަށް އުރުގުއޭ ނިކުންނައިރު, މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އުރުގުއޭ ސައުދި އަރަބިއްޔާ އާއި ކޭޕް ވާޑް އާއި ދެކޮޅަށް ކުޅުނު ދެ މެޗުވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ.
ސްޕެއިން އިން މުބާރާތުގެ ފުރަތަމަ މެޗުގައި ކޭޕް ވާޑް އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެފައިވާއިރު އެ ޓީމުން ވަނީ 4-0 ގެ ނަތީޖާއަކުން ސައުދީ އަރަބިއްޔާ ބަލިކޮށްފަ އެވެ.
ދެ ފަހަރު މަތިން ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އުރުގުއޭ އާއި ދެކޮޅަށް ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ނިކުންނައިރު, މި ދެ ގައުމު ވަނީ މީގެ ކުރިން ފީފާ ވޯލްޑްކަޕްގައި ބައްދަލުކޮށްފަ އެވެ. އެގޮތުން 1950 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު, 1990 ވަނަ އިޓަލީގައި ބޭއްވި ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އަދި 2013 ވަނަ އަހަރުގެ ކޮންފެޑަރޭޝަންސް ކަޕްގައި ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ސްޕެއިން އެވެ.
ކުރީގެ މެޗުތައް:
ފީފާ ވޯލްޑްކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑް އިން ސައުދި އަރަބިއްޔާ އާއި ދެކޮޅަށް ނިކުންނައިރު, މި މެޗުން މޮޅުވެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެ ޓީމަށްވެސް ވަނީ ލިބިފަ އެވެ.
ސްޕެއިން އާއި ދެކޮޅަށް ކޭޕް ވާޑް ކުޅުނު މެޗުގައި އެ ޓީމުގެ ގޯލުކީޕަރު ވޮޒީނިއާ ދެއްކި މޮޅު ކުޅުމާއިއެކު އުމުރުން 40 އަހަރުގެ ވޮޒީނިއާއަށް ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިފަ އެވެ. އެ މެޗަށް ނިކުތްއިރު އޭނާގެ އިންސްޓަގްރާމްގައި 50 ހާސް ފޮލޯވަރުން ހަމަނުވި ނަމަވެސް އެ މެޗަށްފަހު އޭނާގެ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރާ މީހުންގެ އަދަދު ވަނީ 16 މިލިއަނަށްވުރެ މައްޗަށް އަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ