ފިލްމީ ދުނިޔެއާ ކުޑަކޮށް ދުރުގައި ހުއްޓަސް އަދިވެސް ސަނީ ލިއޯންގެ ފޭނުން ނިކަން ގިނައެވެ.
އޭގެ ޝުކުރު ހަމަ ހައްގީ މީސް މީޑިއާއަށެވެ. މީސް މީޑިއާ މެދުވެރިކޮށް ސަނީ ދަނީ އޭނާގެ ފޭނުންނާ ގުޅުން ބަދަހި ކުރަމުންނެވެ.
އެގޮތުން ސަނީ މިވަނީ އޭނާ ކުރަހާފައިވާ ކުރަހުމެއް އޮކްޝަން ކުރުމަށް އޭނާގެ އިންސްޓަގްރާމުގައި ހުޅުވާލައިފައެވެ. އަދި އޭގެން ލިބޭ އާމްދަނީ ހަދިޔާ ކުރަނީ ކެންސަރ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ކަމަށްވެސް ވަނީ އިއުލާންކޮށްފައެވެ. މި ޕޯސްޓްގެ ފޮޓޯތަކުގައި އޭނާ ކުރެހުން ކުރެހުމުގެ މަސައްކަތުގައި އުޅޭތަންވެސް ފެނިގެން ދެއެވެ.
އޮން ސްކްރީނަށް ބަލައިލާއިރު ސަނީ މިވަނީ ވަރަށް ފަހުން ރިއަލިޓީ ޝޯއެއް ނިންމާލައިފައެވެ. އަދި ވަރަށް އަވަހަށް ބިރުވެރި ކޮމެޑީ ފިލްމެއް ކަމަށްވާ "ކޮކާ ކޯލާ" އިން ސަނީ ފެނިގެންދާނެއެވެ.
ސަނީގެ ބައްޕަ ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މީގެ ކުރިން މަރުވެފައެވެ. އަދި މިމަހަކީ "ބްރެސްޓް ކެންސާ އެވާނެސް" މަސްވެސް މެއެވެ.
މިކުރެހުން ވިއްކައިގެން ކެންސަރަށް ފަރުވާ ހޯދާ ފަރާތްތަކަށް ސަނީ ލިއޯން އެހީވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ