ހަވީރު އެވޯޑްގެ ޕާޓްނަރުންނާއެކު އެގްރީމެންޓްގައި ސޮއިކޮށްފި

ބާވީސް ވަނަ ހަވީރު ސްޕޯޓްސް އެވޯޑްގެ ޕާޓްނަރުންގެ ގޮތުގައި އުރީދޫއާއި، މޯލްޑިވިއަން އާއި، އެސްޓީއޯ ހަމަޖައްސައިފިއެވެ.ހަވީރު އެވޯޑްގެ ޕާޓްނަރުންނާ، އެސޯސިއޭޓް ސްޕޮންސަރުންނާއެކު އެގްރީމެންޓްގައި ސޮއިކުރުމަށް ރޭވަނީ ހޮޓެލް ޖެންގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.މިރަސްމިއްޔާތުގައި މިއެއްބަސްވުންތަކުގައި ހަވީރުގެ ފަރާތުން ސޮއިކުރެއްވީ ހަވީރު މީޑިއާ ގްރޫޕުގެ ޑިރެކްޓަރ ލީނާ މުހައްމަދު ޒާހިރު ހުސެއިންއެވެ.އުރީދޫގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހައެވެ.ގައުމީ އެއަރލައިން މޯލްޑިވިއަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތުއެވެ. އަދި އެސްޓީއޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު މުސްލިހް މަސީހްއެވެ.މިފަހަރުގެ ހަވީރު ސްޕޯޓްސް އެވޯޑްގެ މީޑިއާ ޕާޓްނަރަކީވެސް އެމްބީސީގެ ޓީވީއެމްއެވެ.އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެސޯސިއޭޓްސް. އޮފިޝަލް ކޭޓަރިން ޕާޓްނަރަކީ ސަލްސާ އިންވެސްޓްމަންޓްސް.ސަލްސާގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާމިރުއެވެ.ހަވީރު ސްޕޯޓްސް އެވޯޑްގެ މި އަހަރުގެ ހަތަރު އެސޯސިއޭޓް ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސާއި، ސޮނީ ސްޕޯޓްސްއާއި، އެމްއެޗްއޭ އާއި، ބީއެޗްއެމްއެވެ.އެސޯސިއޭޓް ސްޕޮންސަރުންނަށް ހަމަޖެހިފައިވާ ފަރާތަކުގެ ތެރެއިން އެލައިޑް އިންޝުއަރެންސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ނިޔާޒް މުހައްމަދުއެވެ. ސޮނީ ސްޕޯޓްސްގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އަހުމަދު ކަލީމްއެވެ. އެމްއެޗްއޭގެ ފަރާތުން ސޮއިކުރީ ޖެނެރަލް މެނޭޖަރު ޕީ.އެމް ސަކްތިވެލްއެވެ. އަދި ބީއެޗްއެމްގެ ފަރާތުން ސޮއިކުރީ މާކެޓިން އެންޑް ސޭލްސް މެނޭޖަރު އިބްރާހިމް ޝަރީފްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ