އެމެރިކާ އާއި އިޒްރޭލުން އިރާނުގެ އެކި ސަރަހައްދުތަކަށް އިސްވެ ދެމުންދާ ހަމަލާތަކުގެ ރައްދުގައި އިރާނުން އިޒްރޭލާއި މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯނާއި މިސައިލް ހަމަލާ ދޭން ފަށައިފި އެވެ.
މިއަދު ހެނދުނު އިރާނުގެ ސަރުކާރާއި އަސްކަރިއްޔާގެ އިސް ވެރިންނާއި މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލާއި އެެމެރިކާއިން ވަނީ ހަމަލާ ދޭން ފަށާފަ އެވެ. އިރާންގެ ޕްރެޒިޑެންޝަލް ކޮމްޕްލެކްސް އަދި އިންޓެލްޖިންސް ހެޑްކުއާޓާސްއަށް ވަނީ ބޮން އަޅާފަ އެވެ.
އިރާނުގެ އަސްކަރިއްޔާ ނެތިކޮށްލުމުގެ އަމާޒުގައި އެމެރިކާއިން އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވަނީ އިއުލާން ކުރައްވާފަ އެވެ.
ރައްދު ހަމަލާތަކެއް ފޮނުވާލާފައިވާކަން އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މި ހަމަލާތަކާއެކު އިރާނުގެ އިންޓަނެޓު ބްލެކްއައުޓް ވުމާ ގާތްވެފަައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާތައް އިރާނުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެއީ މިހާރު ކުރަމުން އަންނަ މަޝްވަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ދިން ހަމަލާތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
މެދުއިރުމަތީގައިވާ އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒަކަށް ރައްދު ހަމަލާ އަމާޒުކުރުމުގެ ފުރުސަތު އޮތް ކަމަށް އިރާނުގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން ބަހުރެއިން، ގަތަރު އަދި ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތައް ވަނީ އަމާޒުކޮށްފަ އެވެ.
އިރާނުން ފޮނުވި ޑްރޯނާއި މިސައިލްތައް އިންޓަސެޕްޓު ކުރުމުގައި ނުވަތަ ވައްޓާލުމުގައި އެމެރިކާ އާއި އިޒްރޭލު އަދި ބައެއް އަރަބި ގައުމުތަކުގެ އަސްކަރިއްޔާއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ދެ ގައުމުން ހަމަލާ ބަދަލުކުރަން ފެށުމާއެކު މެދުއިރުމަތީގެ ވައިގެ އުދުހުންތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އިރާނުން އިޒްރޭލާއި އެމެރިކާގެ ބޭސްތަކަށް ޑްރޯނާއި މިސައިލް ހަމަލާ ދޭން ފަށައިފި އިރާނުން އިޒްރޭލާއި އެމެރިކާގެ ބޭސްތަކަށް ޑްރޯނާއި މިސައިލް ހަމަލާ ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ