އަލީ ވަހީދު ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
މިއަދު ހެނދުނު ހައިކޯޓުގައި އޮތް އަޑުއެހުމުގައި އެމައްސަލައާއި ގުޅޭ ގޮތުން ހުލާސާ ބަޔާން އިއްވުމަށް ދެފަރާތަށް ވެސްވަނީ ފުރުސަތުދީފައެވެ. މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް އިއްވާނެކަން އިއުލާނު ކުރުމަށްފަހުއެވެ.
އެމައްސަލާގައި އަލީ ވަހީދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ. މަހުލޫފައި އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާވަނީ އެފަދަ އެހެން މައްސަލައެއް ފުލުހުން ތަހުގީގު ނުކޮށްގެން އަނބުރާ ގެންގޮސްފައެވެ.
އެހެން ކަމުން އަލީ ވަހީދުވަނީ އެދައުވާ އަލުން ނުކުރެވޭނެ ކަމަށް އިޖުރާއީ ނުކުތާއެއް ނަންގަވާފައެވެ.
މިއަދުގެ އަޑުއެހުމުގައި އަލީ ވަހީދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ގެކޮޅު ކައިރިއަށް އެއްވިރޭ އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ހައްޔަރުކޮށްފައިވަނީ އޮޑިޓަރ ޖެނެރަލްގެ އިތުބާރު ނެތް ކަމުގެ ވޯޓައި ގުޅިގެން އޭނާއަށް ބިރު ދެއްކުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ