އަހުމަދު އިބްރާހިމް
ރައީސް ވަހީދުގެ ސަރުކާރަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެެވެ.
މައުމޫން މިހެން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ޕީޕީއެމް ކެނޑިޑޭޓް އަހުމަދު ޝަރީފްގެ ކެމްޕެއިން ޖަގަހަ ހުޅުއްވާދެއްވުމަށްފަހު ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެހެންކަމުން މިސަރުކާރު ދެމެހެއްޓުމަށް އިއްތިހާދުގެ ބައިވެރިވުން ބޭނުންކަމަށާއި މިކަމަށްޓަކައި އިއްތިހާދުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢަދަދު އިތުރުކުރަން ޖެހިވައިވާކަމަށް މައުމޫން ވިދާޅުވިއެވެ.
އަދި ދެހާސް ތޭރައާއި ހަމައަށް ވަހީދުގެ ސަރުކާރު ދެމިއޮންނާނެކަމަށާއި އޭގެކުރިން އިންތިހާބެއް ބޭއްވުމަށް ޤާނޫނު އަސާސީ ތަން ނުދޭކަމަށްވެސް މައުމޫން ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީއަށް އިސްލާހް ގެނެސްގެ އިންތިހާބެއް ބޭއްވުމަކީ ކުރެވޭނެކަމެއްކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށްވެސް މައުމޫން ރޭ ވިދާޅުވިއެވެ.
ރައީސް ވަހީދުގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ