ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ލ.އަތޮޅަށް އެހީގެ ސާމާނު ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ރައީސް އަބްުދުއްރަހީމް އަބްދުﷲ ރައްކާތެރިވުމުގެ ސާމާނު ލ.އަތޮޅަށް ހަދިޔާ ކުރައްވައިފިއެވެ. މިގޮތުން، އަދުރޭ ހަދިޔާ ކުރައްވާފައިވަނީ މާސްކާއި، އަންގިއާއި އަދި ސެނިޓައިޒަރ ފަދަތަކެއްޗެއެވެ. އެ ތަކެތި ހަދިޔާ ކުރެއްވީ ލ އަތޮޅު އިޝްތިހާރު ކުރުމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމުގައިވާ ވިޒިޓް ލާމް އަށެެވެ.އެ ޖަމްޢިއްޔާއިން މިރޭ ބުނެފައިވަނީ މި ދަތި އުދަނގޫ ދަނޑިވަޅުގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބުދުއްރަޙީމް ޢަބުދުﷲ ވެދެއްވި ދީލަތި އެހީއަށް ޓަކައި ހިތުގެ ފުންމިނުން ޝުކުރު އަދާ ކުރާ ކަމަށެވެ. ޢަބްދުއްރަޙީމް ވަނީ 3000 މާސްކާއި 1200 އަންގީގެ އިތުރުން 100 ފުޅި ސެނިޓައިޒާ ހަދިޔާ ކުރައްވާފައެވެ.މިތަކެތި ބެހުމަށް ހަމަޖެހިފައިވަނީ ލ.އަތޮޅުގެ ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކުގެ އިތުރުން ޕޮލިސް ސްޓޭޝަންތަކަށާއި އަދި ފެނަކަ ބްރާންޗުތަކަށް ކަމަށް މައުލޫމާތު ލިބެއެވެ. 
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ