އިންޓަރ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި

9 ވަނަ މައިލޯ އިންޓަރ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ކުޅުން ފަށައިފިއެވެ.
މިއަދު މިމުބާރާތުގެ ކުޅުން ފެށިއިރު، މިފަހަރުގެ މުބާރާތުގައި ޖުމްލަ 9 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އަތޮޅުތެރެއަށް ނިސްބަތްވާ ސްކޫލެއް ހިމެނޭ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. އެއީ ތ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.
މި މުބާރާތުގައި 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ވާދަކުރާ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
ވީސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ އިސްމާއީލް ސުޖާއު ވިދާޅުވީ މި މުބާރާތް ބޭއްވުމަށް އެންމެ ބޮޑު ދަތިކަމަކަށް ކުރިމަތިވީ މުބާރާތް ބާއްވާ ތަނުގެ މައްސަލަ ކަމަށެވެ.
މިއަދު ފެށި މިމުބާރާތް ކުރިއަށްދާނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ