ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެންބަރުން ސުޕްރީމް ކޯޓަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މެންބަރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކެއްގެ ޖަވާބު ހޯދުމަށް އެބޭފުޅުން ސުޕްރީމް ކޯޓަށް މިއަދު ވަޑައިގެންފި އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެންބަރުން ވަނީ އެބޭފުޅުންނަކީ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާތީ އެކަމުގައި ސުޕްރީމް ކޯޓުން ގޮތެް ކަނޑައަޅައިދިނުމަށް މީގެ ކުރިން ސުޕްރީމ ްކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެމައްސަލާގައި ސުޕްރީމް ކޯޓުން މައްސަލަ ހުށަހެޅި ބޭފުޅުންނަށް އެއްވެސް ޖަވާބެއް ނުދޭއިރު، މައްސަލައާއި ގުޅޭ އެއްވެސް އަޑުއެހުމެއް ވެސް ބާއްވާފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓަށް މިއަދު ވަޑައިގެންނެވި މެންބަރުން ވިދާޅުވީ އެބޭފުޅުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ އެބޭފުޅުން ހުށަހަޅުއްވާފައިވާ މައްސަލަތަކުގެ ޖަވާބެއް ލިބުން ލަސްވާތީ ޖަވާބެއް ހޯދުމަށް ކަމަށެވެ. ސުޕްރީމް ކޯޓަށް ވަޑަައިގެންނެވި ބޭފުޅުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވާ އެބޭފުޅުންގެ މެންބަރު ކަމާ މެދު އުފެދިފައިވާ މައްސަލަތަކާ މެދު މަޝްވަރާކުރުމަށް ފަނޑިޔާރުންގެ އެޕޮއިންޓްމަންޓަކަށް ވެސް އެދިވަޑައިގެންފަ އެވެ.
މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޖަވާބު ތައްޔާރުކުރުމަށްފަހު ގުޅާނެ ކަމަށާއި އަދި ފަނޑިޔާރުންގެ އެޕޮއިންޓްމަންޓް ހަމަޖައްސައިދެއްވާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު އަންގާފައިވާ ކަމަށްވެސް ސުޕްރީމް ކޯޓަށް ވަޑައިގެންނެވި މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާތަނަށް 12 މެމްބަރެއްގެ، މެންބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހަށް އެކަން އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ