ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަންކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ގާސިމް ދެވަނަ ފަހަރަށް ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރެ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ، ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދަން 15 ދުވަސް ޖަހައިފަ އެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އުފައްދަން 2001 ވަނަ އަހަރު ހުށަހެޅީ 42 މީހުންގެ ސޮޔާއެކު ކަމަށާއި އެކަމުގައި ވެސް އިސްކޮށް ސޮއިކުރެއްވީ ގާސިމް ކަމަށެވެ. އެހެންވެ މިއަދު އެމަނިކުފާނު ހުންނެވީ ގާސިމް އާއެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.
2001 vana aharu MDP ufehdhumah hushahelhee 42 meehunge soi aai eku. Isve soi kurehvee Hon Qasim Ibrahim. Alhugandu mihuree Qasim ai eku.— Mohamed Nasheed (@MohamedNasheed) April 22, 2017
ނަޝީދު ކުރެއްވި ޓްވީޓްރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގައި މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ވެސް ގާސިމް ހައްޔަރުކުރި އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން ހަ ދުވަސް ޖެހި ނަމަވެސް ހައި ކޯޓުން ގާސިމް ދޫކޮށްލި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ގާސިމް ކުރިން ހައްޔަރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އޭނާ މިނިވަންކުރީ، ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ކަމަށް ވާތީ އެވެ.
އިމްތިޔާޒުގެ ގާނޫނުގައިވާ ބުނާ ގޮތުން ކުށުގެ ވެށިން ނޫން ގޮތަކަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހައްޔަރު ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުންނެވެ. އެކަމަކު ކުރީ ފަހަރު ގާސިމް ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރު ހޯދީ އެގޮތަކަށް ނޫނެވެ. އެހެންވެ، އެ އަމުރުގެ މައްޗަށް ބިނާކޮށް ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރިކުރުން ބާތިލްވާނެ ކަމަށާއި އެހެންވެ ގާސިމް ބަންދުން ދޫކޮށްލަން އަމުރުކުރީ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ
ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަންގެ އެންމެ އިސްވެރިންގެ ތެރެއިން މާލޭގައި ހަރަކާތްތެރިކަމާ އެކު އުޅުއްވާ ހަމައެކަނި ލީޑަރު ގާސިމް ދެވަނަ ފަހަރަށް ހައްޔަރުކުރިއިރު، އޭނާގެ މައްޗަށް ތިން ދައުވާއެއްކޮށް މި މަހުގެ 13 ގައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.
ގާސިމް ހައްޔަރު ކުރުމުން އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގާސިމް މިނިވަންކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ