ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިޜާގެ ކުރީގެ މެމްބަރު އަހުމަދު ސަމީރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި އުޅުއްވުމަށްފަހު ގާސިމް ދިރިއުޅުއްވާ މ. މާފަންނު ވިލާއަށް ވަޑައިގެންނެވިތަނާ ކުއްލިއަކަށް ފުލުހުން އައިސް ގާސިމް ހައްޔަރު ކުރީ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 12 ޖަހާކަންހާއިރު ފުލުހުން ގާސިމް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއް ދެއްކުމަށްފަހު، ތައްޔާރުވެލަން ކުޑަ ވަގުތުކޮޅެއް ދިނުމަށްފަހު ފުލުހުން ގާސިމް ހައްޔަރުކޮށް ގެންދެވީކަމަށް ސަމީރު ވިދާޅުވި އެވެ.
އިތުރު ތަފްސީލް އަންނަނީ ....
ގޭގައި ހުންނަވަނިކޮށް ގާސިމް ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ