ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތް ދިނުމަށްފަހު، ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ނިންމި ނިންމުމަކީ އެ ކޮމިޝަންގެ ގާނޫނާއި ހިލާފަށް ނިންމި ނިންމުމެއްކަން ހާމަވެއްޖެއެވެ.
Advertisement
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތް ދިނުމަށްފަހު، ކްރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމި ނިންމުމަކީ އެ ކޮމިޝަންގެ ގާނޫނާއި ހިލާފަށް ނިންމި ނިންމުމެއްކަން ހާމަވެއްޖެ އެވެ.
ގާޒީ ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމިކަން ޖޭއެސްސީން ހާމަކުރީ އިއްޔެ އެވެ. އެ ކޮމިޝަނުން ބުނީ ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރުގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަންތައްތަކެއް ސާބިތުވާ ކަމަށާއި ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރުކަމުން ވަކި ކުރުން ކަނޑައަޅައި ތަހުގީގު ކޮމެޓީން އެކުލަވާލި ރިޕޯޓު އެ ކޮމިޝަނަށް ބަލައިގަތުމަށް ނިންމި ކަމަށެވެ.
ޖޭއެސްސީން ބުނީ ތަހުގީގު ކޮމެޓީން އެކުލަވާލި ރިޕޯޓަށް ޖަވާބު ދިނުމަށް ފަނޑިޔާރު ހަސަން ސައީދަށް އެ ކޮމިޝަނުން ފުރުސަތު ދިން ކަމަށާއި އެ ފުރުސަތުގައި ލިޔުމުން ހަސަން ސައީދު ޖަވާބު ހުށަހެޅުމުން އެ ޖަވާބަށް ރިއާޔަތްކޮށް ފަނޑިޔާރުގެ ސުލޫކަށް އަސަރު ފޯރާ ކަންތައްތަކެއް ހުރި ކަމަށް ޖޭއެސްސީން ނިންމި ނިންމުން ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ އެކަމުގެ ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތް ދިނުމާއި އެކު ފަނޑިޔާރު މިހާރު ހުރި ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓަށް ހަސަން ސައީދު ބަދަލުކުރުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ފަނޑިޔާރަކަށް ފިޔަވަޅު އެޅުމުގެ ގޮތުން އެ ފަނޑިޔާރަކު މަސައްކަތް ކުރަމުން އަންނަ ކޯޓު ބަދަލު ނުކުރެވޭނެ ކަމަށެވެ.
ޖޭއެސްސީ ގާނޫނުގެ 32 ވަނަ މާއްދާއަކީ ފަނޑިޔާރުންނާއި މެދު އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވާ މާއްދާ އެވެ. އެ މާއްދާގައި ބަޔާން ކުރަނީ ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތް ދިނުމާއި އެކު ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެންގި ދާނެ ކަމަށާއި ހުރި މަގާމަށްވުރެ ދަރަޖަ ދަށް ކުރެވިދާނެ ކަމަށާއި މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ނުވަތަ ވަޒީފާގެ މަސައްކަތަށް ނިކުތުން މަދުވެގެން ތިން މަސް ދުވަހަށް މަނާ ކުރެވިދާނެ ކަމަށެވެ. މީގެއިތުރުން ފަނޑިޔާރަކަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެ ފަނޑިޔާރަކު މަގާމުން ވަކި ކުރެވިދާނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
މިސަރުކާރުން ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށް ތަސްދީގުވެސް ކޮށްފައިވާއިރު އެ ގާނޫނަށް ގެނެސްފައިވާ އެއް އިސްލާހަކީ ކުރިން ފާހަގަކުރި 32 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމެވެ. އެގޮތުން ބުނެފައިވަނީ ފަނޑިޔާރެއްގެ މައްޗަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، އޭނާ މަސައްކަތްކުރާ ކޯޓާ އެއް
ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކޮށްގެން ނުވާނެ ކަމަށެވެ. އެހެންކަމުން ގާޒީ ހަސަން ސައީދުގެ މައްޗަށް އަޅަން ނިންމާފައިވާ ފިޔަވަޅަކީ ގާނޫނާއި ހިލާފު ފިޔަވަޅެކެވެ.
މިހާތަނަށް މިކަމާ ގުޅޭގޮތުން ޖޭއެސްސީއަކުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ގާޒީ ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމިއިރު ޖޭއެސްސީން ވަނީ މީގެކުރިން ގާޒީ ހަސަން ސައީދު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފަ އެވެ. އެއީ ސުލޫކީ މައްސަލަ ބަލަމުންދާތީ އެވެ.
ގާޒީ ހަސަން ސައީދުގެ މައްސަލަ ބަލަން ޖޭއެސްސީން ބޭއްވި އަޑުއެހުން ބާއްވާފައިވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ. އެ އަޑުއެހުމުގައި ވާހަކަދައްކަމުން ހަސަން ވިދާޅުވީ އޭނާއާ ގުޅޭ ބަދުއަހުލާގީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނަ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެ ވާހަކަތަކުގެ ސަބަބުން އާއިލާއަށް ބޮޑު ދެރައެއް ލިބި، މުޅި މުޖުތަމައަށް އޭނާ ބަދުނާމުވެގެން ގޮސްފައިވާ ކަމަށެވެ. އޭނާ އަކީ އެފަދަ ކަންތައްތަކާ ވަރަށް ދެކޮޅު މީހެއް ކަމަށްވެސް ކީރިތި ކުރައްވަމުން ގާޒީ ހަސަން ވަނީ ވިދާޅުވެފަ އެވެ.
ގާޒީ ހަސަން ސައީދަށް އެޅި ފިޔަވަޅު ޖޭއެސްސީގެ ގާނޫނާއި ހިލާފު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ