މައުމޫން ފައުންޑޭޝަނުން އިތުރު ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލަނީ

މައުމޫން ފައުންޑޭޝަނަށް މިއަހަރު އިންޑިޔާގެ އިތުރު 3 ޔުނިވަރސިޓީން ސްކޮލަރޝިޕްގެ ފުރުޞަތު ދޭނެކަމުގެ އިޝާރާތެއް ލިބިފައިވާކަމަށް މައުމޫން ފައުންޑޭޝަންގެ ޗެއަރމަން އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބުދުލްޤައްޔޫމް މިހެން ވިދާޅުވީ މައުމޫން ފައުންޑޭޝަނުގެ އަހަރީ ޢާންމު ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ ފާއިތުވެދިޔަ ހައެއްކަ އަހަރުދުވަހުގެ ތެރޭގައި އެފައުންޑޭޝަނުގެ ސްކޮލަރޝިޕްގެ ގޮތުގައި ނަވާވީސް ދަރިވަރަކު ތަޢުލީމް ޙާޞިލްކޮށްފައިވާ ކަމަށެވެ. އަދި މީގެތެރެއިން 21 ކުއްޖަކު ކޯސް ނިންމައި ރާއްޖެ އައިސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ސްކޮލަރޝިޕް ދޭނެކަމުގެ އިޝަރާތެއް ދެއްވާފައިވާ ޔުނިވަރސިޓީތަކުގެ ކޯސްތަކުގެ ތަފްޞީލްތައް ލިބުމުން ދަރިވަރުންނަށް ފުރުޞަތު ހުޅުވާލައްވާނެކަމަށެވެ. ރޭގެ ޖަލްސާގައި މައުމޫން ފައުންޑޭޝަނުގެ އަހަރީ ރިޕޯޓް ފާސްކޮށްފައިވެއެވެ. އަދި ކުރިޔަށް އޮތް ތިންއަހަރަށް މައުމޫން ފައުންޑޭޝަންގެ ހިންގާ ކޮމެޓީގެ މެންބަރުންވެސް ވަނި އިންތިޚާބުކޮށްފައެވެ.
މައުމޫން ފައުންޑޭޝަނުގެ އަހަރީ ޢާންމު ޖަލްސާގައި ވަނީ އެފައުންޑޭޝަނުގެ ސްކޮލަރޝިޕް ލިބުނު ދަރިވަރުންގެ ފަރާތުން އެފައުންޑޭޝަންގެ ޗެއަރމަންނަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ