ރައްޔިތުން ހިތްވަރުކޮށްފިއްޔާ ބޯޑަރު އަލުން ބަންދުކުރާކަށް ނުޖެހޭނެ: އަލީ ވަހީދު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގެ ރައްޔިތުން މިހާތަނަށް ކުރި މަސައްްކަތް ދެގުނައަށް އިތުރުކޮށްްފިއްޔާ އަންނަ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ފަހު ދެން އަލުން ބަންދުކުރަން ނުޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އަލީ ވަހީދު ވިދާޅުވީ ކޮވިޑްގެ ސާޖެއް ނައިސް ކޮންޓްރޯލް ކުރެވުނީ ރައްޔިތުން ކުރި ހިތްވަރުން ކަމަށާއި އެކަމުގައި ސަރުކާރަށް ވަރަށް ބޮޑު އިތުބާރެއް އެބަ އޮތް ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް އަލުން ފެށިޔަސް ކޮވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެ ގޮތުގައި ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ އޮޕަަރޭޝަން ކުރިއަށް ދާނީ ބައްޔަށް ވެކްސިނެއް ފެނި، ދުނިޔޭގައި ވެސް ބަލި ކޮންޓްރޯލްވަންދެން ކަމަށެވެ.
"ދިވެހި ރައްޔިތުން ކުރި ހިތްވަރު އިތުރަށް ދެގުނަ ކޮށްފި ނަމަ އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގެ ބޯޑަރު އަލުން ބަންދުކުރާކަަށް ނުޖެހޭނެ. އަޅުގަނޑުމެން މަސައްކަތް އެގޮތަށް ކޮށްފިއްޔާ އަޅުގަނޑުމެންނަަށް ސަލާމަތް ވެވޭނެ. އެހެން ނަމަވެސްް އަޅުގަނޑުމެން ފަރުވާކުޑަކޮށްލައިފިއްޔާ އަލުން ހަމަ ބޯޑަރު ބަންދުކުރަން ވެސް ޖެހުމުގެ ބިރުވެެރިކަން އޮތް ކަމެއް މިއީ،" އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލައި ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތް އަލުން ފެށޭ ހިސާބަށް އާދެވުނީ ސަރުކާރުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. އެގޮތުން ރާއްޖެގެ ސިއްހީ ނިޒާމުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުކޮށް، "ނޭވާއެއް ލެވޭ ވަރަށް ޖާގަ ލިބިފައިވާ" ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ރައްޔިތުން ކުރި ހިތްވަރު އިތުރަށް ދެގުނަ ކޮށްފިނަމަ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ބޯޑަރު އަލުން ބަންދުކުރާކަަށް ނުޖެހޭނެ. އަޅުގަނޑުމެން މަސައްކަތް އެގޮތަށް ކޮށްފިއްޔާ އަޅުގަނޑުމެންނަަށް ސަލާމަތް ވެވޭނެ. އެހެން ނަމަވެސްް އަޅުގަނޑުމެން ފަރުވާކުޑަކޮށްލައިފިއްޔާ އަލުން ހަމަ ބޯޑަރު ބަންދުކުރަން ވެސް ޖެހުމުގެ ބިރުވެެރިކަން އޮތް ކަމެއް މިއީ--- އަލީ ވަހީދު
ފަހަތަށް ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އަޅާނަން
އަލީ ވަހީދު ވިދާޅުވީ ކޮވިޑްގެ ދެވަނަ ރާޅެއް އަތުވެއްޖެ ހާލަތެއްގައި ބޯޑަރު ބަންދުކުރަން ޖެހިއްޖެއްޔާ އެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އެކަމަށް ސަރުކާރު ހޭލާ އޮންނާނެ ކަމަށާއި ގޯސް ހާލަތަކަށް ހިނގައްޖެ ނަމަ ފްލޯޓިން ހޮސްޕިޓަލެއް ގެންނާނެ ވާހަކަ ކުރިން ވިދާޅުވީ ވެސް އެ ޖޯޝުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން ކުރި މަސައްކަތްތަކުގެ ގޮތުގައި އޭނާ ވިދާޅުވީ ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީގެ ވާހަކަ އެވެ.
"އެއީ ފްލޯޓް ކުރާ އެއްޗެއް ކުއްޔަށް ގެނެސްފިއްޔާ އަނެއްކާ އަނބުރާ ގެންދަން ޖެހޭނެތާ. އެހެެންވީމާ ހަގީގަތުގައި އަޅުގަނޑު ދަންނަވާނީ ސަރުކާރުން ކުއްލި ނިންމުންތައް ނިންމުމުގެ ބަދަލުގައި އަޅުގަނޑުމެން ނިންމާފައި މިހިރީ ދުރު ރާސްތާ ނިންމުންތަކެއް. އޭގެ ނަތީޖާ އަސްލު ބޯޑަރު ހުޅުވާލެވެން މި އަންނަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑަރު ޖުލައި 16 ގައި ހުޅުވާލުމާ އެކު ރާއްޖެ އަށް އަންނަން ބޭނުންވާ ގިނަ ބަޔަކު މިހާރު ވެސް އެބަ ތިއްބެވެ. އަލީ ވިދާޅުވީ ބޯޑަރު ހުޅުވާލާ ތާރީހު ރައީސް އިއްޔެ އިއުލާނުކުރެއްވުމާ އެކު ރާއްޖޭގެ މައުލޫމާތު ހޯދަން ޓޫރިޒަމް މިިނިސްޓްރީގެ ވެބްސައިޓަށް ވަން މީހުން ގިނަ ކަމުން ވެބްސައިޓް ދެ ފަަހަރަށް ޑައުންވި ކަަމަށެވެ.
ބޯޑަރު ހުޅުވާލުމާ އެކު ރާއްޖެ އަށް ދަތުރު ފަށަން 10 އެއާލައިނަކުން ފައިލްކޮށްފައިވާ ކަަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ކުރިން ވަނީ ބުނެފަ އެވެ. އަލީ މިރޭ ވިދާޅުވީ 11 އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށަން ހުށަހަޅާފައިވާ ކަމަށެވެ. އެއާ އެކު ރާއްޖޭގެ 40 އަށް ވުރެ ގިނަ ރިސޯޓް ވެސް އޮތީ އަލުން ހުޅުވަން ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ