ތ. ވޭމަންޑޫގައި 27 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެ މަޝްރޫއު ނިމުނުކަން އިއުލާންކުރެއްވީ ރައީސް މުހައްމަދު މުއިއްޒު 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
ތަފްސީލު - ކޮންސްޓްރަކްޝަން މިނިސްޓްރީން ވޭމަންޑޫގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 24 ސެޕްޓެމްބަރު 2025ގަ އެވެ.
ގާތްގަނޑަކަށް 113 މިލިއަން ރުފިޔާއަށް ބިން ހިއްކުމުގެ އެ މަޝްރޫއު ނިންމަން ދިނީ 270 ދުވަހުގެ މުއްދަތެކެވެ. އޭރު އެމްޓީސީސީން ނެރުނު ނޫސްބަޔާނުގައި ބުނީ އެ މަޝްރޫއުގެ ދަށުން 15.40 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.
ރައީސް މުއިއްޒު މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ މަޝްރޫއުގެ ދަށުން 27 ހެކްޓަރުގެ ބިން، މިދިޔަ ހޮނިހިރު ދުވަހު ހިއްކާ ނިމިފައިވާ ކަމަށެވެ.
ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 12ގައި ކަމަށްވުމުން އެކަމަށް ހޭދަވީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، 23 ދުވަހެވެ.
ވޭމަންޑޫގައި 27 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ