އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ޕެޓްރޯލަށް ފައިސާ ދެއްކުމުން 20 ރުފިޔާ އަނބުރާ ލިބޭނެ
އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް 50 ރުފިޔާގެ ޕެޓްރޯލް އަޅައިގެން 20 ރުފިޔާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. އުރީދޫން ބުނީ، އެމް-ފައިސާ ބޭނުންކޮށްގެން 50 ރުފިޔާގެ ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް 20 ރުފިޔާ ސީދާ ކަސްޓަމަރުންގެ އެމް-ފައިސާ ވޮލެޓަށް އަނބުރާ ލިބޭނެ ކަމަށެވެ. މި ޚިދުމަތް މާލެއާއި ހުޅުމާލޭގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އާއި ހޯކްސްގެ ޕެޓްރޯލް ސްޓޭޝަންތަކުން ލިބޭނެ ކަމަށް، އުރީދޫން ބުންޏެވެ. މިއަދު ތައާރަފްކުރި ޕްރޮމޯޝަންގެ މަގުސަދަކީ، އުރީދޫން ބުނިގޮތުގައި، މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅުގައި، ކަސްޓަމަރުންގެ ޒަރޫރީ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމެވެ. އެމް-ފައިސާ މެދުވެރިކޮށް ޕެޓްރޯލަށް ފައިސާ ދެއްކުމުން މި ޚިދުމަތް ލިބޭނެ ކަމަށާއި، ޓްރާންސެކްޝަން ނިމުމުން ކޭޝްބެކް ފައިސާ ސީދާ އެމް-ފައިސާ ވޮލެޓަށް ވަގުތުން ޖަމާވާނެ ކަމަށް، އުރީދޫން ބުންޏެވެ. އެ ކުންފުނިން ސިފަކުރާ ގޮތުގައި، މިއީ ދުވަހުން ދުވަހަށް ކުރާ ޚަރަދުތައް މެނޭޖްކުރުމުގައި ފަސޭހަކަމާއެކު ފައިސާ ސަލާމަތްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ