ކިޑްނީ އަދި އެތެރެހަށީގެ ބަލިތަކަށް ހާއްސަ ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރު، ޑރ އަހުމަދު އަބުދުﷲ ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކްގައި ބަލި މީހުން ބަލާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޑރ އަހުމަދު އަބުދުﷲ އެ ކްލިނިކްގައި ބަލި މީހުން ބެލުމަށް ހަމަޖެހިފައިވަނީ ޖޫން މަހު 05 އަދި 06 ވަނަ ދުވަހު އެވެ.
އެޕޮއިންޓްމެންޓް ހެއްދެވުމަށާއި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 6528181 ނަންބަރަށް ގުޅުން އެދެމެވެ. އަދި 7328181 ނަންބަރަށް ވައިބާކޮށްގެންވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.
ފަރުވާދޭ ދާއިރާތައް:
- ކިޑްނީގެ މަސައްކަތް ދަށްވެފައިވާ ހުރުން.
- ކިޑްނީ ބަދަލުކުރުމާ ގުޅޭ ފަރުވާ.
- ހީމޯޑައިލިސިސް.
- ޕެރިޓޯނިއަލް ޑައިލިސިސް.
- ކިޑްނީގެ މައްސަލައަކުން ދުޅަވުން (ކުޑަކުދިން/ބޮޑެތި މީހުން).
- ކިޑްނީގައި ހިލަ އުފެދުން.
- ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތައް
މީގެ އިތުރުން ލޭ މައްޗަށް ދިޔުމާއި ހަކުރުބަލި، ކޮލެސްޓްރޯލް އާއި ތައިރޮއިޑްގެ އިތުރުން އެހެނިހެން އެތެރެހަށީގެ ބަލިތަކަށްވެސް ފަރުވާ ދޭނެ އެވެ.
އެޕޮއިންޓްމެންޓް ނޯޓް ކުރުން ކުރިއަށް ދާނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު:
ހެނދުނު 12:00-9:00
މެންދުރުފަހު 16:00-13:00
ރޭގަނޑު 22:00-20:00
ދަތުގެ ފަރުވާއަށް ހާއްސަކޮށް ކުޅުދުއްފުށީގައި ހުޅުވި ހާޖީ މެޑިކަލް ކުލިނިކްގައި ދަތުގެ ތަފާތު ހިދުމަތްތަކުގެ އިތުރުން ވިޒިޓިން ޑޮކްޓަރުންގެ ހިދުމަތްވެސް އަންނަނީ ދެމުންނެވެ.
ކިޑްނީ އަދި އެތެރެހަށީގެ ހާއްސަ ޑޮކްޓަރު އަހުމަދު އަބުދުﷲ ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ