ވިލިމާލޭގައި ހިންގި މާރާމާރީއެއްގައި ހަތަރު މީހުން ޒަހަމުވެއްޖެ އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މާރާމާރީ ހިންގާފައި ވަނީ ވިލިމާލެ، ކަނދޮޅުމާ ގޯޅީގައި މިއަދު ހަވީރު 3:12 ހާއިރު ކަމަށެވެ.
އެ މާރާމާރީގައި ޒަހަމުވެފައި ވަނީ ދިވެހި ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އެއީ އުމުރުން 18 އަހަރާއި 27 އަހަރާއި 22 އަހަރު އަދި 31 އަހަރުގެ ހަތަރު މީހުންނެވެ.
އެ ހަތަރު މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އެ މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއް ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ވިލިމާލޭގައި ހިންގި މާރާމާރީއެއްގައި ހަތަރު މީހަކު ޒަހަމުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ