23 ދުވަހުން ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި

މި މަޝްރޫއުގެ ދަށުން ޖުމްލަ 27 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި ބިން ހިއްކުމަށްޓަކައި ޖުމްލަ 882,693.00 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވާ ކަމަށް ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
މުޅި މަޝްރޫއު ނިންމާލުމަށް ހޭދަވެފައިވަނީ ޖުމްލަ 23 ދުވަހެވެ.
މި މަޝްރޫއު ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ