ސުޕްރީމް ކޯޓުގެ ލަފާ ލިބުމާއެކު މަޖިލީހުގެ ޖަލްސާ މިރޭ

ކައުންސިލަރުންގެ ދައުރު ދިގު ދެންމުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާ މެެދު ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް އިސްތިޝާރީ ލަފާ މިއަދު ދީފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފާ ހޯދުމަށް ފާސްކުރަން ނިންމީ ބުދަ ދުވަހުގެ ރޭ ބޭއްވި އެ މަޖިލީހުގެ 41 ވަނަ ޖަލްސާގައެވެ. އެރޭގެ ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ޖަލްސާ އެ ރޭ ނިންމާ ނުލައި، މެދުކަނޑަލަައްވާނީ ކަމަށާއި ސުޕްރީމް ކޯޓުގެ ލަފާ ލިބުމުން އެ ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށެވެ. އެހެންކަމުން މިރޭ އޮންނާނީ އެ މަޖިލީހުގެ 41 ވަނަ ޖަލްސާ އެ ހިސާބުން ކުރިއަށް ގެންދިއުމެވެ. ތަފްސީލު އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ