މޫސުން ގޯސްވެ ކަަނޑުގަދަވުމުގެ ސަބަބުން ލަންކާގެ ހަތް ބޯޓެއް ކުޅުދުއްފުށީގެ ބަނދަރަށް ވައްދައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އެ ބޯޓުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވަނީ އެ ބޯޓުތަކުން އެހީތެރިކަމަށް އެދުމުން އެކަމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިންނެވެ.
މި ހަތް އުޅަނދު ރާއްޖޭގައި ބަނދަރު ނުކުރާނެ ކަމަށް އެމްއެންޑީއެފް އިން ކުރިން ބުނެފައިވީ ނަމަވެސް މޫސުން އިތުރަށް ގޯސްވުމުގެ ސަބަބުން މި އުޅަނދުތައް ވަނީ ކުޅުދުއްފުށީގެ ބަނދަރައް ވައްދައިފައެވެ.
ކަނޑުގަދަވުމުގެ ސަބަބުން ކުޅުދުއްފުށީ ބަނދަރަށް ވައްދާފައި ވަނި ލަންކާގެ ހަތް މަސް ބޯޓެކެވެ.
ހާލުގައި ޖެހިފައިވާ އުޅަނދު ތަކަށް އެހީވުމުގެ ތެރެއިން--- ފޮޓޯ_ އެމްއެންޑިއެފް
މޫސުން ގޯސްވެ ކަަނޑުގަދަވުމުގެ ސަބަބުން ލަންކާގެ ހަތް ބޯޓެއް ކުޅުދުއްފުށީގެ ބަނދަރަށް ވައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ