މޫސުން ގޯސްވާނެތީ މާލެ އަތޮޅާއެކު އުތުރުގެ އަތޮޅުތަކަށް އެލާޓްތަކެއް ނެރެފި

ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް އުތުރުގެ ތިން އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ. ޔެލޯ އެލާޓް ނެރުނީ ހއ އަތޮޅު، ހދ. އތޮޅު އަދި ށ. އަތޮޅަށެވެ. އެ ތިން އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ، މިރޭ ދަންވަރު 1:40 އިން ފަތިހު 4:40 އަށެވެ. މީގެ އިތުރުން މެޓް އޮފީހުން ވަނީ މާލެ އަތޮޅު ހިމެނޭ ގޮތަށް އުތުރުގެ ހުރިހާ އަތޮޅަކަށް ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ. އެގޮތުން، ހއ. އިން ފެށީގެން މާލެ އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ، މިރޭ ދަންވަރު 1:15 އިން ހެނދުނު 7:00 އަށެވެ. މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެކެވެ. ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާ ކުރެވޭ ގޮތް އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެންވެ. ދެކުނުގެ އެކިހިސާބަށް ކެރީގެ އަސަރުފޯރާނެ އަދި ގުގުރުން އެކަށީގެންވޭ. ދެކުުނާއި މެދުތެރޭ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެބާރުމިނުގައި ވައިޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. މޫސުން ގޯސްވާނެތީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ