އިލެކްޝަން ކޮމިޝަނަށް ގޮސްގެން ހޯދާ ހިދުމަތްތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އީސީން ނެރުނު އިއުލާނެއްގައި ބުނީ އެކަން އެގޮތަށް ކުރުމަށް ނިންމާފައިވަނީ ހަލުއިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް-19 އަށް ފައްސިވާ މީހުން ގިނައީ އޮފީސް މާހައުލުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާތީ ކަމަށެވެ.
އެގޮތުން އާންމު ފަރާތްތަކުން ކޮމިޝަނަށް ހާޒިރުވެ ހޯދާ ހިދުމަތްތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި އެކޮމިޝަނުން ވަކިގޮތެއް އަންގަންދެން މާދަމާ އިން ފެށިގެން ކޮމިޝަނުން ދެމުންދާ އާންމު ހިދުމަތްތައް ފޯރުކޮށްދެމުން ދާނީ، ކޮމިޝަންގެ އީ-މެއިލް އަދި އީ-ގަވަރމެންޓް މެދުވެރިކޮށް ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
އިއުލާނުގައި އިތުރަށް ބުނީ މާދަމާ އިން ފެށިގެން އެ ކޮމިޝަންގެ ރަސްމީ ގަޑިއަކީ ރަސްމީ ބަންދު ނޫން ކޮންމެދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 13:00 ކަމަށެވެ.
އޭގެ އިތުރުން އެކޮމިޝަނުން ދެމުންދާ އެއްވެސް ހިދުމަތެއް ލަސްވާނަމަ ނުވަތަ އިތުރު މައުލޫމާތެއް އޮޅުން ފިލުވަން ބޭނުވާނަމަ، އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް، ހަސަން ޒަކަރިއްޔާ (9867422)، އަށް މެސެޖު ކުރުމަށް ވަނީ އެދިފައެވެ.
އީސީން ބުނީ ކޯވިޑް 19 ފެތުރުން ހުއްޓުވުމަށްޓަކައި އެ ކޮމިޝަނުންކުރަމުންދާ މަސައްކަތްތަކަށް، އާންމު ފަރާތްތަކުން އެހީތެރިކަމާ އެއްބާރުލުން ދިނުމަކީ އެ ކޮމިޝަންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އީސީއަށް ގޮސް ހޯދާ ހިދުމަތްތައް މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ