މާދަމާ ހަވީރު 5 ޖެހުމުގެ ކުރިން ރިޟްވާން ގެއްލުވާލުމުގެ މައްސަލައިގެ ޙަޤީޤަތް ހާމަކުރާނެ

ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލުމުގެ އަޑީގައި ތިބި ފަރާތްތައް މާދަމާ ހަވީރު ފަހެއް ޖެހުމުގެ ކުރިން އިޢުލާންކުރައްވާނެއެވެ.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މީގެ ކުރިން ވަޢުދުވެވަޑައިގެންފައިވާގޮތުން ވެރިކަމުގެ ހުވާކުރައްވާތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ރިޟްވާން މައްސަލައިގެ ތަޙުޤީޤުގެ ތަފްޞީލު ހާމަކުރައްވާނެއެވެ.ރައީސް އިބޫ ރައީސްކަމުގެ ހުވާކުރައްވާފައިވަނީ މިއަދު ހަވީރު ފަހެއް ޖެހިއިރުއެވެ. އެހެންކަމުން މާދަމާ ހަވީރު ފަހެއް ޖެހުމުގެ ކުރިން ރިޟްވާން ގެއްލުވާލުމުގެ ހަޤީޤަތް ހާމަވެގެންދާނެކަމަށް ބެލެވެއެވެ.ރައީސް ވިދާޅުވެފައިވާގޮތުން އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވަން މަސައްކަތް ކުރައްވާނެއެވެ. ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ފުއްދަވާނެކަމަށް ފުރިހަމަ ޔަޤީންކަމާއެކު މިކަމަށް ވަޢުދުވެވަޑައިގެންނެވިއިރު ރައީސް އިބޫ ނިސްބަތްވާ އެމްޑީޕީގެ މެމްބަރުން ރިޟްވާން ގެއްލުވާލުމުގެ ވާހަކަ މީގެކުރިން ތަކުރާރުކޮށް ވަނީ ދައްކާފައެވެ.އަދި މިމައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ، ފުލުހުންގެ އިދާރާއަށް ބޮޑެތި ފާޑުކިޔުންތަކެއް މީގެކުރިން އަމާޒުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ