2018 ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި ކޮށި ގާއިމް ކުރަނީ

ކުނި މެނޭޖްކުރުމުގެ ސިޔާސަތުގެ ދަށުން، މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި ކޮށި ޤާއިމްކޮށް ނިންމާނެ ކަމަށާއި އެކަމަށް ބޭނުންވާ ވަޞީލަތްތަށް ހަމަކުރުމުގެ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހަރަށެއްގެ ކުނި މެނޭޖްކުރާ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ތޯރިގް އިތުރަށް ވިދާޅުވީ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައިވެސް ސަރަޙައްދީ ފެންވަރެއްގައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާކަމަށާއި، ފާއިތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިކަމާ ގުޅޭ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
ސަރުކާރުން މިހާރު ގއ، ގދ، ޏ، އަދި ސ އަތޮޅު ހިމެނޭ ދެކުނު ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ ނިޒާމް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރަމުންދާއިރު، ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި ބޭނުންކުރުމައްޓައްކައި އަންނަ މަހު ފަސް ކޮޅުވެއްޓި މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ހުރިހާ ޞަރަޙަދެއްގައި، ޚައްޞަކޮށް ތޮށްޖެހިފައިވާ މާލޭގައި، އެންމެ ބޮޑު އެއްމަސަލަ ކަމަށްވާ ކުނީގެ އުދަގުލުގެ މައްސަލަ ޙައްލުކޮށް، ރާއްޖެ އެކަމަށް ނުދެކޭފަދަ ބޮޑު އިންގިލާބެއް ގެނައުމަށްޓަކައި ރައީސް ޔާމީން ގެ ސަރުކާރުން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ