ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ވެހިކަލު ބުރެއް ހޮނިހިރުދުވަހު ހަވީރު ކުޅުދުއްފުށީގަ !

މިއަހަރުގެ ރިޔާސީ ކެމްޕެއިން ނިންމާލުމުގެ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ވެހިކަލު ބުރެއް ކުޅުދުއްފުށީގައި ބާއްވަން ނިންމައިފި އެވެ.
ކުޅުދުއްފުށީގެ އިއްތިހާދުގެ ކެމްޕެއިން ކޯޑިނޭޓަރު އަހުމަދު އާތިފް ވިދާޅުވީ މިއަހަރު އޮންނާނީ ވެހިކަލު ބުރެއް ކަމަށާއި ވެހިކަލު  ބުރުގައި ÷ޕިކަޕާއި ކާރު، އަދި ސައިކަލުވެސް ބޭނުން ކުރެވޭނެ ކަމަށެވެ. ކެމްޕެއިން ނިންމާލުމުގެ ގޮތުން މިފަހަރު ބާއްވަނީ ބޮޑު ވެހިކަލް ބުރެއްކަމަށް އޭނާ ވިދާޅުވި އެވެ.
މި ވެހިކަލް ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 4:30 ގަ އެވެ. ވެހިކަލް ބުރު ފެށޭނީ ބަނޑާރަމައިދާނުންނެވެ
މި ވެހިކަލް ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އާތިފް އެދިލެއްވި އެވެ. ވެހިކަލް ބުރުގައި ކުރިއަށްދާނީ ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައިކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅިފައިވާ ޕާޓީތަކުން ކުޅުދުއްފުށީގައި ބޭއްވި ސައިކަލު ބުރެއް–އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިޙްއަށް ކެމްޕެއިން ކުރުމުގެ ގޮތުން މީގެ ކުރިން އެފަރާތްތަކުން ވަނީ ކުޅުދުއްފުށީގައި ދެ ސައިކަލު ބުރެއް ބާއްވާފަ އެވެ. އަދި ކަންމަތީ ބައްދަލުވުންތަކާ ތަފާތު ހަރަކާތްތައްވަނީ ކުރިއަށްގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ