ދިރާސީ އަހަރުގެ ފުރަތަމަ ސެމިސްޓާ ނިމި، މިދިއަ ބުރާސްފަތި ދުވަހު ދަރިވަރުންނަށް ރިޕޯޓު ފޯމް ދިން އިރު ބައެއް ސްކޫލުތަކުގެ ނަތީޖާ ވަނީ މިސެމިސްޓާގައި ދަށްވެފަ އެވެ. އެއާއެކު އަނެއްބައި ސްކޫލުތަކުގެ ނަތީޖާ ވަނީ ވަރަށް ބޮޑުތަ ރަނގަޅުވެސް ވެފައެވެ.
ދަރުމަވަންތަ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު ވަސީލާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރާ ބަލާއިރު މިއަހަރުގެ ފުރަތަމަ ސެމިސްޓާގައި އެ ސްކޫލްގެ ނަތީޖާ ވަނީ ވަރަށް ބޮޑުތަން ދަށްވެފަ އެވެ. އެ ސްކޫލްގެ ނަތީޖާ ދަށްވާން ދިމާވީ ސެމިސްޓާގައި ދަރިވަރުން މާގިނަ އިތުރު ހަރަކާތްތަކަށް ސަމާލުކަން ދިނުމުންނެވެ.
"މިފަހަރު ދަރިވަރުން މާގިނައިން އެހެން ހަރަކާތްތަކުގައި ބައިވެރިވީ. އެހެންނޫނީ ނަތީޖާ މިދިޔަ އަހަރަށް ވުރެ ރަނގަޅުވާނެ. ނަތީޖާއަށް މާބޮޑެތި ބަދަލުތަކެއް ނަޔަސް ދަށްވުމަކީ ހަމަ ދައްވުން. އަޅުގަނޑުމެންގެ މިފަހަރުގެ އަމާޒަކީ މިދިޔަ އަހަރުގެ އޯލެވެލްގެ ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުން. އިރާދަ ކުރެއްވިއްޔާމު އެނަތީޖާ ނެރޭތޯ އަޅުގަނޑުމެން ބަލާނަން." ވަސީލާ ވިދާޅުވި އެވެ.
ހިރިޔާ ސުކޫލުގެ ޕްރިންސިޕަލް އިސްމާއިލް މަޝްރޫފް ވިދާޅުވި ގޮތުގައި އެ ސްކޫލްގެ ގްރޭޑްތަކުގެ ނަތީޖާ ތަފާތެވެ. އަދި ޖުމްލަކޮށް ސުކޫލުގެ ނަތީޖާއާއި މެދު އެއްވެސް ގޮތަކަށް ހިތްހަމަޖެހިވަޑައެއް ނުގަންނަވަ އެވެ.
ހިރިޔާގެ ނަތީޖާ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށްވެފައިވާއިރު ހިތްހަމަ ޖެހޭ ނަތީޖާއެއް އެ ސްކޫލްގައި ނެރެފައި ގްރޭޑް އަށެއްގެ ދަރިވަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދުވެސް ނުކުރާހާ ދަށް މިފަހަރުގެ ނަތީޖާ. ވަރަށް ބޮޑެތި އުންމީދުތަކެއް ކުރިން އަޅުގަނޑުގެ ދަރިވަރުންނާއި މެދު. އެކަމަކުވެސް ނަތީޖާ ދިޔައީ ދަށަށް. މިކަމުގައި ސުކޫލުން ވެސް ވަނީ ހަގީގަތުގައި އިހުމާލުވެފައި. ދެވަނަ ސެމިސްޓާގެ ނަތީޖާ ރަނގަޅު ކުރުމުގެ ގޮތުން ވާނީ ވަރަށް ގިނަ ހަރަކާތްތަކެއް ރާވާފައި. އެގޮތުން އެކްސްޓްރާ ކްލާސްތައް ވެސް ބާއްވަން ވާނީ ނިންމާފައި. މި ހުރިހާ ކަމެއް ކޮށްގެންވެސް ދެވަނަ ސެމިސްޓާގެ ނަތީޖާ ރަނގަޅު ވެއްޖިއްޔާ ރަނގަޅުވެސް ވާނީ އަޅުގަނޑުމެންނަށް." މަޝްރޫފް ވިދާޅުވި އެވެ.
ބައެއް އެހެން ސުކޫލުތަކުގެ ނަތީޖާތަކަށް ދާއިރު ތާޖުއްދީން ސްކޫލުގެ ނަތީޖާ މިދިޔަ އަހަރުގެ ސެމިސްޓާއަށް ވުރެ ވަނީ ރަނގަޅުވެފައިވާ ކަމަށް އެ ސުކޫލުގެ ޕްރިންސިޕަލް އައިޝަތު ސޯލިހު ވިދާޅުވެ އެވެ.
"އަޅުގަނޑުމެން އަސްލު ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު މިއަހަރުގެ ފުރަތަމަ ސެމިސްޓާގެ ނަތީޖާ ރަނގަޅު ކުރުމަށް. އެކަމުގެ ނަތީޖާ އަޅުގަނޑުމެންނަށް [ރަނގަޅަށް] މިފެނިގެން ދިޔައީ." އައިޝަތު ސޯލިހް ވިދާޅުވި އެވެ.
ޓާމް ނިންމާލިއިރު ބައެއް ސްކޫލް ތަކުގެ ނަތީޖާ ދަށްވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ