ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ނުދޭނީ ގައުމުގެ އަދުއްވުން ކަމަށް ވެރިކަން ކުރާ ޕީޕިއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމުން ގާޒީ އަބްދުލް ބާރީ ޔޫސުފް ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފިއެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވެފައިވަނީ އަބްދުއްރަހީމް އެ ދާއިރާއަކަށް ނިސްބަތްވެވަޑައިގަންނަވާ ލ.ފޮނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އިފުތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.
އަބްދުއްރަހީމްގެ އެ ވާހަކައާއި ގުޅިގެން ބާރީ ފޭސްބުކްގައި ވިދާޅުވެފައިވަނީ ހުރިހާ ދިވެހިންނަށް ނިސްބަތްކޮށް އެެފަދަ ވާހަކަ ދެއްކުމަކީ އެއްވެސް މީހަކު ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ކުރިން ކްރިމިނަލް ކޯޓުގެ އިސްގާޒީކަން ވެސް ކުރައްވާފައިވާ ބާރީ ފާހަގަ ކުރެވެނީ ސޯޝަލް މީޑިއާގައި އެހެން ގާޒީންނާ ހިލާފަށް ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ. ބާރީ ގެންދަވަނީ އިޖުތިމާއީ އަދި ބައެއް ސިޔާސީ ކަންކަމުގައި ވެސް ފާލުގައި ބަސް ވިދާޅުވަމުންނެވެ.
ޔާމީނަށް ވޯޓު ނުދޭނީ އަދުއްވުން ކަމަށް ބުނުމުން ގާޒީ ބާރީ ހިތްހަމަ ނުޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ