ވިޔަފާރިވެރިންނާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އިސްދޫ ޕޮލިސް ސްޓޭޝަނުން ޕްރޮގްރާމެއް ފަށައިފި

ލ.އިސްދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އެއަތޮޅުގެ ތިން ރަށަކަށް އަމާޒުކޮށް ރައްޔިތުންނާއި ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި މެއި މަހުގެ 28 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ ލ.އިސްދުއާއި ކަލައިދޫ އަދި ދަނބިދޫގައި ވިޔަފާރިކުރާ ފަރާތްތަކާއިި އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ.
 މިގޮތުން މި ޕްރޮގްރާމްގައި ވަގުންނަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި ރައްކާތެރިވާންޖެހޭ ކަންކަމާއި ވިޔަފާރި ބަންދުކުރާއިރު ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީން ކުރުމަށާއި ރައްކާތެރިކަމުގެ ގޮތުން ރޭގަނޑު ފިހާރަ ބަންދުކުރުމަށްފަހު، ފިހާރަތެރެ ރަނގަޅަށް އަލިކޮށް ބޭއްވުމަށާއި ވިޔަފާރިކުރާއިރު ފައިސާގެ ވަގުނޫޓް ދެނެގެންނާނެގޮތާއި އެފަދަ ކަމެއް ފާހަގަ ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ނަސޭޙަތްތެރިވެ ވިޔަފާރިވެރިން ހޭލުންތެރި ކުރެވޭނެއެވެ.
 މީގެއިތުރުން މި ޕްރޮގްރާމުގައި ފޯނުން ގުޅައިގެން މަކަރާއި ޙީލަތުން ރީލޯޑް ރާސްޓަސް ކުރުމާއި އެކައުންޓާއި ކޭޝްކާޑުގައިވާ މަޢުލޫމާތު ހޯދާ މައްސަލަތަކާ ގުޅޭގޮތުންނާއި، މިފަދަ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމާއި  މިފަދަ ޢަމަލުތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރެވޭނެއެވެ. މީގެއިތުރުން ވިޔަފާރިވެރިންނާއި ފުލުހުން ގުޅިގެެން ކުށްމަދުކުރުމަށް ކުރެވޭނެ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ސީސީޓީވީ ކެމެރާ ހަރުކުރުކުރުމުގެ މުހިންމު ކަމާ ގުޅޭގޮތުންވެސް ވިޔަފާރަވެރިންނަށް މަޢުލޫމާތު ދެވޭނެއެވެ.
ރޯދަމަހުގެ ނިޔަލަށް ސިލްސިލާކޮށް ކުރިއަށްދާ މި  މިޕްރޮގުރާމު ހިންގުމުގައި ލ.އަތޮޅުގެ 3 ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ފަރާތުން ފުލުހުންނަށް ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދެއެވެ. ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ