މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހޯމް މިނިސްޓްރީން އިއްޔެ އިތުރުކޮށްފި އެވެ.
މީޑިއާ ކައުންސިލްގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު އަންނަ މަހުގެ ދެވަނަ ދުވަހަށް ހަމަވާތީ، އެ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން އޮތީ އިއްޔެގެ ނިޔަލަށެވެ. އެކަމަކު ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ގޮތުން ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކު ކަމަށް ވުމާއި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށެއް ނުވަތަ ޚިޔާނާތް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ކުޑަކުއްޖަކާ ބެހުމުގެ ކުށެއް ސާބިތުވެފައި ނުވުމާއި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެއްވެސް ޖިނާއީ ކުށެއް ސާބިތުވެފައި ނުވުމެވެ. އަދި މިދިޔަ އެއް އަހަރު ތެރޭގައި ލިޔުނު އެއްޗަކާ ގުޅިގެން ކުށެއް ސާބިތުވެފައި ނެތުމަކީ ވެސް ޝަރުތެކެވެ.
މީޑިއާ ކައުންސިލްގައި ތިބެނީ މީޑިއާތަކުގެ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރެކެވެ.
މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ