އއ. ރަސްދޫ ޑައިވިންގސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެތަން އަނދާ ހުލިވެއްޖެއެވެ.
ރޭ ހިނގި މިހާދިސާގައި އަލިފާން ރޯވީ އެރަށުގައި ހުންނަ "ރަސްދޫ ސްކޫބާ" ނަމަކަށް ކިޔާ ޑައިވިންގ ސްކޫލްގައެވެ. ރޭ ދަންވަރު 2:50 ހާއިރު އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ފަތިސްވާން ކައިރިވެފައިވަނިކޮށްކަމަށް އެމްއެންޑީއެފުން ބުނެއެވެ.
"ރަސްދޫ ސްކޫބާ" ގެ އިމާރާތަކީ ރާނާފައިވާ ބަޔަކާއެކު ފިލާ ބޭނުންކޮށްގެން ހަދާފައިވާ ތަނެއްކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ. މިހާދިސާއާއި ގުޅިގެން ޑައިވިންގ ސްކޫލާއި ޖެހިގެން ހުރި ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތައް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުންދާކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ
ރަސްދޫ ޑައިވިނގް ސްކޫލް ބޭނުން ނުކުރެވޭވަރަށް އަނދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ