ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް މެންބަރުން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގެންފިއެވެ.
ސުޕްރީމް ކޯޓަށް މިއަދު ވަޑައިގަތީ ތުލުސްދޫ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ވަހީދު އިބްރާހިމް އާއި ދިއްދޫ ދާއިރާގެ މެންބަރަކަށް ހުންނެވި އަބްދުއްލަތީފު މުހައްމަދާއި ތިމަރަފުށީ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު މުސްތަފާ އާއި ވިލިނގިލީ ދާއިރާގެ މެންބަރަކަށް ހުންނެވި ސައުދު ހުސައިން އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރަކަށް ހުންނެވި އަލީ ޝާހެވެ.
ސުޕްރީމް ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިލިނގިލީ ދާއިރާގެ މެންބަރަކަށް ހުންނެވި ސައުދު ހުސައިން ވިދާޅުވި ގޮތުގައި އެ ބޭފުޅުން ސުޕްރީމް ކޯޓަށް ވަޑައިގަތީ ބައެއް މެންބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވުމާއި އެ ބޭފުޅުންގެ ކަންބޮޑުވުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ހިއްސާ ކުރަން ބޭނުންވާތީ އެވެ.
ފަނޑިޔާރުންނާ ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަމަޖެއްސުމުގައި އޮންނަ އުސޫލު ފުރިހަމަ ކުރުމަށްފަހު ޖަވާބު ދޭނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވި ކަމަށް ސައުދު ވިދާޅުވިއެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުން ކުރިއަށްދާނެ ގޮތަކާ ބެހޭ ގޮތުން ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށާއި ކުރިއަށްދާނެ ގޮތަކާއި މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުގެ ޖަވާބަކަށް ފަހު ތިމަރަފުށީ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު މުސްތަފާ ވިދާޅުވިއެވެ.
ގޮނޑި ގެއްލުނު މައްސަލައިގައި ބައެއް މެންބަރުން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ